Last Updated: March 29, 17:22
Friday, March 29, 2024
ޚަބަރު

ޝެއިހް އަނީލް މިނިސްޓްރީ އަށް އެއްބާރުލުން ދިނުން ހުއްޓާލައިފި

މިދިޔަ ހަފުތާގެ ހުކުރު ދުވަހު ޝެއިހް އިލްޔާސް ފޭދޫގައި ދެއްވި ހުކުރު ހުތުބާ އާ ގުޅިގެން، އޭނާ އަށް ހުކުރު ކުރުމަށާއި ދީނީ ދަރުސް ދިނުމަށް ދީފައިވާ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލްކޮށްފައި ވަނިކޮށް، އިސްލާމިކް މިނިސްޓްރީގެ އައްޑޫ ޔުނިޓަށް ފޯރުކޮށް ދެމުން އައި އެހީތެރިކަން ޝެއިހް މުހައްމަދު އަނީލް ދެއްވުން ހުއްޓަވާލައްވައިފި އެވެ.

އޭނާގެ ފޭސްބުކްގެ ޕޯސްޓެއްގައި ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އައްޑޫ ޔުނިޓުން ހިތަދޫގެ މިސްކިތްތަކުގައި ހުކުރު ނަމާދު އިންތިޒާމު ކުރުމާއި އިމާމުންނާއި މުދިމުންގެ ސަލާމުގެ ކަންތަކާއި ބަދަލު އިމާމުން ހަމަޖެއްސުމުގެ މަސައްކަތްތަކުން އިއްޔެ އިން ފެށިގެން އޭނާ ތަނާޒުލްވެވަޑައިގެންފައިވާ ކަމަށެވެ.

"މިއާ އެކު އިސްލާމިކް މިނިސްޓްރީގެެ އައްޑު ޔުނިޓަށް ދެމުން އައި ހުރިހާ އެއްބާރުލުމެއް މަޑު ޖައްސާލާ ވާހަކަ ވެސް ދަންނަވަމެވެ. އަދި ވަޒީފާގެ ގޮތުން ކުރަން ޖެހޭ މުއާމަލާތްތައް ފިޔަވައި އެހެން އެއްވެސް މުއާމަލާތެއް މި ވަގުތު އެ ޔުނިޓާ އެކު ނުކުރުމަށް ނިންމާފައިވާ ވާހަކަ ވެސް ދަންނަވަމެވެ." އަނީލް ވިދާޅުވި އެވެ.

hjkjh

އޭނާ އަދި ވިދާޅުފީ ފޭދޫގައި ޝެއިހް އިލްޔާސް ހުކުރު ކުރެއްވީ ފޭދޫގެ މިސްކިތްތަކުގެ އިމާމުންނާއި ހުކުރު ކަންތައް ބަލަހައްޓަވައި ދެއްވި ޝެއިހް މުހައްމަދު މުއާޒުގެ ބެލުމުގެ ދަށުން ކަމަށް ވިޔަސް އޭނާ އާ ދޭތެރޭ މިނިސްޓްރީން ނުހައްގުން ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމުގެ ކަށަވަރު މައުލޫމާތު ލިބިވަޑައިގެންފައިވާ ކަަމަށެވެ.

"މުއާޒުގެ މައްޗަށް ކުށުގެ ތިން ވަނަ ދަރަޖައިގެ ކުށެއް ކަނޑައަޅައި އެއްވެސް ތަހުގީގެއް ނެތި ފިޔަވަޅު އެޅުމަށް މަަަސައްކަތް ކުރަމުންދާތީ އެކަމާ ހިތާމަ ކުރަމެވެ." އަނީލް ވިދާޅުވި އެވެ. "އަދި މި ފުރުސަތުގައި އެކަން ހުއްޓާލުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަމެވެ."