Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

ސީކެޕާއި އެކްއަވެންޗާ އެއްބަސްވުމަކަށް

ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީކެޕް) ގެ ދަށުން އިކޯ ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީ ކުރަމުން އަންނަ އީދިގަލި ކިޅި ސަރަހައްދުގެ ކޮރަލް ކޮމްޕޮނަންޓް ގެ ދަށުން ކަނޑައެޅިފައިވާ ދިހަ ސަރަހައްދެއްގެ ކޮރަލް ރީފް މޮނިޓަރިންގް އިނިޝިއޭޓިވްގެ ދަށުން މަރަދޫ ޑައިވް ސެންްޓަރު އެކްއަވެންޗާ މޯލްޑިވްސް އާ އެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއް ހަދައިފި އެވެ.

އައްޑޫ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބް (ޓޮމް) ހިންގަވާ އެކުއަވެންޗާ އާ އެކު ސޮއި ކުރެވިފައިވާއިރު އިތުރު ފަރާތްތަކާ އެކު އެމްއޯޔޫ ގައި ސޮއި ކުރަން ސީޕެކުން ވަނީ ނިންމައިފަ އެވެ.

މި މަޝްރޫއުގެ ޕްރޮޖެކްޓްގެ ކޮރަލް ކޮމްޕޮނެންޓް ގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ސީޕެކްގެ ޓީމެއް އައްޑު އަށް ޒިޔާރަތްކޮށް އައްޑޫ ސިޓީ ކައުންސިލާ ވެސް ވަނީ ބައްދަލުކޮށް މަޝްވަރާތަކެއްކޮށްފަ އެެވެ.

އީދިގަލި ސަރަހައްދުގައި ވިޒިޓާސް ސެންޓަރ އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު ކޮންމެ މަހަކު އެއް ފަހަރު މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ސީކެޕްގެ ފަރާތުން ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޕްރޮޖެކްޓް މެނޭޖަރު މައުމޫން ހަމީދު ވިދާޅުވި އެވެ.

hgj

މީގެ އިތުރުން ޕްރޮޖެކްޓް ނިމެންދެން ކޮންޓްރެކްޓަރުގެ ފަރާތުން އަދި ސީޕެކްގެ ފަރާތުން މަސައްކަތް މޮނިޓަ ކުރުމަށްޓަކައި ސައިޓް އިންޖިނިއަރެއް ބަހައްޓަން ވެސް ވަނީ ނިންމައިފަ އެވެ.

ވިޒިޓާސް ސެންޓަރު އެޅުމުގެ މަސައްކަތް ކުރިއަށްދާ އިރު އެ މަސައްކަތާ ގުޅިގެން އެއްވެސް ކަހަލަ ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ އެކަން ކުރެވޭނެ ނިޒާމެއް ވެސް ވަނީ ހަމަޖައްސައިފަ ފައެވެ.

އެގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް ޝަކުވާ ހުށަހަޅާ ފޯމް ފުރުމަށް ފަހު ކައުންސިލް އިދާރާ އާ ހަވާލު ކުރުމުން މައްސަލަ ބެލޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައި އެވެ. ފޯމް ކައުންސިލްގެ ވެބްސައިޓް adducity.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.