Last Updated: April 25, 11:18
Thursday, April 25, 2024
ވިޔަފާރި

އައްޑޫ ނައިޓް މާކެޓަށް މޭޒު ދޫކުރަން ފަށައިިފި

ކުރިއަށް އޮތް ބޮޑު ބަންދު ތެރޭގައި އައްޑޫގައި ބާއްވަން ހަމަޖެހިފައިވާ "އައްޑޫ ސިޓީ ނައިޓް މާކެޓް" އަށް މޭޒު ދޫކުރަން ފަށާފައިވާ ކަމަށް އެކަން އިންތިޒާމު ކުރާ ސްކައި ލައިޓުން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ނައިޓް މާކެޓްގައި ބައިވެރިވާން މޭޒު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ދާނީ ފޭދޫ އަވަށު އޮފީހުން ކަމަށެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު 7867648 އިން ލިބޭނެ އެވެ.

ބީއެމްއެޗުބް ވިއްކާ ކޯސްޓާއި ޑަޗްލޭޑީ ކިރުން ސްޕޮންސަކޮށްގެން ބާއްވާ ނައިޓް މާކެޓް މޭޒުތައް ދޫކުރާނީ ފުރަތަަމަ އެކަމަށް އެދޭ ފަރާތްތަކަށް އިސްކަން ދޭ އުސޫލުންނެވެ.

މޭޒެއް ދޫކުރާނީ 4،000ރ. ގެ ރޭޓުންނެވެ.

14800844_10153798454106150_1789358735_n

ނައިޓް މާކެޓް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 27 އިން ޑިސެމްބަރު 6 އަށް ފޭދޫގަ އެވެ.

ސްކައި ލައިޓުން ބުނީ މި ނައިޓް މާކެޓް ޕްރޮމޯޓް ކުރުމަށްޓަކައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ. އެގޮތުން އައްޑު އާއި ފުވައްމުލަކުގެ އިތުރުން ކައިރި އެހެން އަތޮޅުތަކުގައި ވެސް ހަރަކާތްތަކެއް ހިންގަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އައްޑު ސިޓީ ނައިޓް މާކެޓް" ގެ ޓްރެވެލް ޕާޓްނަރަކީ ގައުމީ އެއާލައިން މޯލްޑިވިއަނެވެ. އޮފިޝަލް ސްޕޮންސަރުންނަކީ ލިޓަސް އާއި ކިވާނޯ ބީން ކެފޭއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.