Last Updated: April 23, 16:11
Tuesday, April 23, 2024
ޚަބަރު

އަލިފާން ރޯވި ބޯޓުގެ ފަޅުވެރިއަކު "މަދު"

ތިލަފުށީ ބޭރުގައި އަޅާފައި އޮތްވާ އިއްޔެ އަލިފާން ރޯވެ އަނދަމުން އަންނަ "އެމްވީ ބަރޯސާ" ބޯޓުގެ އެއް ފަޅުވެރިއަކު މަދުކަކަމަށް ބުނުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފިއެވެ.

ބޯޓުން ސަލާމަތްވީ ފަޅުވެރިން ބުނާ ގޮތުން ބޯޓުގައި އަލިފާން ރޯވި އިރު ޖުމްލަ 19 މީހަކު ތިއްބެވެ. އޭގެ ތެރެއިން ވީނުވީ އެއް ނޭގި ގެއްލިފައިވަނީ ބޯޓުގައި މަސައްކަތް ކުރާ ބަންގުލަދޭޝްގެ ރައްޔިތެކެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު މިއަދު ވިދާޅުވީ ބޯޓުގައި ރޯވެފައިވާ އަލިފާން ގަނޑު ނުނިއްވޭތީ ބޯޓަށް އެރޭ ގޮތް ނުވާކަމަށެވެ. އަދި އެކަކު މަދުކަމަށް ބޯޓުގެ ފަޅުވެރިން ބުނާކަމަށް އަދުނާން ވިދާޅުވިއެވެ.

އަލިފާން ރޯވެފައިވާ ބަރޯސާ ބޯޓަކީ ކުރިން މިފްކޯއިން ބޭނުން ކުރުމަށް ފަހު އަމިއްލަ ކުންފުންޏަކަށް ވިއްކާލާފައިވާ ބޯޓެކެވެ.