Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އާންމު ނޯޓިސް އެކުލެވޭ ބޯޑް ހަދަން އެލްނާތަށް

އައްޑޫގެ އާންމު މައިދާންތަކުގައި އާންމުން ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ހާއްސަކޮށްގެން ބަހައްޓާ ބޯޑްތައް ބެހެއްޓުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މިކަމުގައި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އެލްނާތުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ސައީދެވެ.

ކައުންސިލުން ބުނީ މި މަސައްކަތް އެލްނާތާ ހަވާލު ކުރީ 60 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރާ ގޮތަށް ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން ދަށުން ކުނިއެޅުން މަނާ ސަރަހައްދެއްކަން އަންގައިދޭ ބޯޑުތަކާއި ފަތާ ޓްރެކް ސަރަހައްދު ފަދަ ތަންތަނުގައި ހުންނަން ޖެހޭ ބޯޑްތައް އެލްނާތުން ހަދާނެ އެވެ.

މި ހަފުތާގައި ކައުންސިލުން ވަނީ އައްޑޫގެ އާންމު ގިނަ މައިދާންތަކުގައި ޑަސްބިން ވެސް ބަހައްޓައިފަ އެވެ.