Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އައިސީޓީ ޕްރޮގްރާމް ނިންމާލައި، ސެޓްފިކެޓް ދީފި

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ދެ ދުވަހުގެ މުއްދަތަށް ހިންގި "އައިސީޓީ ފޮ އޮފީސް އެޑްމިނިސްޓްރޭޝަން" ޕްރޮގްރާމް ނިންމާލައި، ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

ސެޓްފިކެޓް ދިނުމަށް ކައުންސިލް ހިތަދޫ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނާ ސެޓްފިކެޓް ހަވާލުކޮށް ދެއްވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެެވެ.

ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގައި ކުރިއަށް ގެންދިޔަ ދެ ދުވަހުގެ ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި އާންމުކޮށް ބޭނުން ކުރެވޭ ސޮފްޓްވެއާތަކަށް މުވައްޒަފުންގެ އަހުލުވެރި ކުރުމުގެ ގޮތުން ބާއްވޭ ތަމްރީން ޕްރޮގްރާމެެއް ކަމަށް ކައުންސިލުން ބުންޏެވެ.

14642220_790775111064751_9069406315456581632_n

ޖުމްލަ 20 މުވައްޒަފުން ބައިވެރިވި ޕްރޮގްރާމްގެ ސެޝަންތައް ނަގައި ދެނީ ކައުންސިލް އިދާރާގެ އައިޓީ ޑިޕާޓްމަންޓްގެ ދެ މުވައްޒަފުން ކަމަށްވާ މުހައްމަދު ލަތީފާއި އަލީ ސަވާދެވެ.