Last Updated: April 20, 11:49
Saturday, April 20, 2024
ވިޔަފާރި

"ފީލް ސްރީލަންކާ" މައުރަޒު 27 ގައި ފަށަނީ

މުހިއްމު ތިން ދާއިރާއަކުން އަވަށްޓެރި ސްރީލަންކާގައި ލިބެން ހުރި ޚހިދުމަތްތަކާއި ފުރުސަތުތަކާ ބެހޭ މަޢުލޫމާތު ދިނުމަށް "ފީލް ސްރީލަންކާ" ގެ ނަމުގައި ހާއްސަ މައުރަޒެއް ބާއްވަން ނިންމައިފި އެވެ.

މި މައުރަޒު ކުރިއަށް ދާނީ މި މަހުގެ 27-29 އަށް ދަރުބާރުގޭގަ އެވެ.

މައުރަޒު އިންތިޒާމް ކުރާ ސްރީ ލަންކަން އެއާލައިންގެ ރާއްޖޭގެ އެޖެންޓްކަން ކުރާ އޭސް އޭވިއޭޝަންގެ މެނެޖިން ޑިރެކްޓަރު އަދި މައުރަޒު ކޮމިޓީގެ ޗެއާމަން މުޙައްމަދު ފިރާގު ވިދާޅުވީ، މައުރަޒު މެދުވެރިކޮށް ވިޔަފާރި އާއި ތަޢުލީމު އަދި ޞިއްޙީ ދާއިރާއިން ލަންކާގައި ލިބެން ހުރި ފުރުޞަތުތަކާއި، ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ދިވެހި ވިޔަފާރިވެރިންނާއި ޢާއްމުންނަށް ފޯރުކޮށް ދޭނެ ކަމަށެވެ.

ތިން ބައެއްގެ މައްޗަށް ބިނާކޮށްފައިވާ މި ޙަރަކާތުގެ ވިޔަފާރިއާއި ސިނާޢީ މަސައްކަތްތަކާއި ގުޅޭ ބައި ޚާއްޞަކޮށްފައި ވަނީ ވިޔަފާރި އާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ސްރީލަންކާގައި ލިބެން ހުރި ބައެއް ޚިދުމަތްތަކަށެވެ.

މީގެ އިތުރުން ސިއްހީ ދާއިރާއިން ސްރީލަންކާގައި ލިބެން ހުރި ހިދުމަތްތަކާއި އަދި އެ ގައުމުގައި ލިބެންހުރި މަތީ ތަޢުލީމުގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު މި މައުރަޒު މެދުވެރިކޮށް ޙިއްޞާ ކުރާނެ ކަމަށް މައުރަޒު އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ.

ghj

ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި މަޢުލޫމާތު ޙިއްޞާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މި މައުރަޒުގެ ހަވާސާގައި ބިޒްނަސް ފޯރަމަކާއި، ފުޑް ފެސްޓިވަލަކާއި މިޔުޒިކް ފެސްޓިވަލްއެއް ވެސް ކުރިއަށް ދާނެ އެވެ.

މި މައުރަޒު އިންތިޒާމްކޮށްފައިވަނީ އޭސް ޓްރަވަލްސް މޯލްޑިސްއާއި އިނާ މޯލްޑިވްސް އަދި ސްރީލަންކާގެ އިވެންޓް މެނޭޖްމެންޓް ކުންފުންޏެއްކަމަށްވާ އައިޓްކެން ސްޕެންސް ކޮންވެންޝަންސް އެންޑް އެގްޒިބިޝަންސް ގުޅިގެންނެވެ.