Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ކޯޓުގެ ހުރުމަތް ކަނޑަން ފުރުސަތު ދީގެން ނުވާނެ: ސުއޫދު

ޕީޕީއެމް އެތެރޭގައި އުފެދިފައިވާ މައްސަލަ އާއި ގުޅިގެން ދަށު ކޯޓުން ނިންމި ނިންމުން ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވަނީ އޮޅުވާލައިގެން ކަމަށް މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު ވިދާޅުވީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ދަށުކޯޓަށް މައްސަލަ ހުށައެޅި ފަރާތާއި މަސްލަހަތު އޮންނަ ފަރާތްތަކުންކަމަށެވެ. އަދި އެމައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށައަޅާފައިވަނީ ކޯޓަށް އޮޅުވާލައިގެން ކޯޓްގެ ހުރުމަތް ކެނޑޭގޮތައް ކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ދަށު ކޯޓުން ނިންމި ނިންމުމާއި ގުޅިގެން ދައްކަވާނެ ވާހަކައެއް ނެތް ކަމަށެވެ.

ޕީޕީއެމްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) އާއި ގާތް ގުޅުމެއް އޮންނަ ހުޅުދޫ ފެންފިޔާޒްވިލާ، އައްބާސް ވާފިރު (އައްބާ)އެވެ.