Last Updated: April 25, 20:04
Thursday, April 25, 2024
މުނިފޫހިފިލުވުން

އަކްޝޭ އޮލިމްޕިކް އެތުލީޓަކަށް

އޮލިމްޕިކްގައި ވާދަކޮށް ރަން މެޑަލް ހޯދާ އެތުލީޓެއްގެ ރޯލް އަކްޝޭ ކުމާރު ކުޅޭ ފިލްމް "ގޯލްޑް" ރިލީޒް ކުރާ ތާރީހު އިއުލާންކޮށްފި އެވެ.

"ޑޮން" އާއި "ދިލް ދަޅަކް ނޭ ދޭ" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އެކްސެލް އެންޓަޓައިންމަންޓުން ޕްރޮޑިއުސް ކުރާ މި ފިލްމަށް ދީފައިވާ ނަމަކީ "ގޯލްޑް" އެވެ.

ފިލްމް ލިޔެ، ޑައިރެކްޓް ކުރަނި އާމިރް ހާން ލީޑް ރޯލް ކުޅުނު "ތަލާޝް" ގެ ޑައިރެކްޓަރު ރީމާ ކަތުގީ އެވެ.

"ގޯލްޑް" ގައި ކިޔައި ދެނީ އިންޑިއާ އަށް 1947 ގައި މިނިވަންކަން ލިބުމަށް ފަހު ޖެހިގެން އައި އިރު އޮލިމްޕިކްގައި ވާދަކޮށް، ފުރަތަމަ ރަން މެޑެލް ހޯދަން ކުރި މަސައްކަތެވެ.

މި ފިލްމް ސިނަމާތަކަށް އަންނާނީ އޮގަސްޓް 15، 2018 ގަ އެވެ. ފިލްމުގެ ފުރަތަަމަ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

އަކްޝޭގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ޖޯލީ އެލްއެލްބީ"، "ކްރެކް" އަދި "ނާމް ޝަބާނާ" އަދި "ރޮބޮޓް 2.0" ފާހަގަކޮށްލެވެ އެވެ.