Last Updated: April 16, 17:11
Tuesday, April 16, 2024
ޚަބަރު

"އައްޑޫ ފެސްޓިވް މީލް ޗެލެންޖް" އަށް ފުރުސަތު

ދުނިޔޭގެ ބައިނަލްއަގްވާމީ ޝެފުންގެ ދުވަހާ ގުޅުވައިގެންނާއި ކާބޯތަކެތީގެ ގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އައްޑޫ ފެސްޓިވް މީލް ޗެލެންޖް 2016" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އާއި އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ބާއްވާ މި ކެއްކުމުގެ މުބާރާތަކީ އަންހެނުންނަށް ހާއްސަ ކުރެވިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އައްޑޫގެ ހުރިހާ އަވަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ބައިވެރި ވާން އެދޭ ފޯމް މި މަހުގެ 25 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.

fhfgg

ފޯމް އައްޑޫސިޓީ ކައުންސިލްގެ ވެބްސައިޓްގެ އިތުރުން އަވަށު އޮފީސްތަކުން މާދަމާ އިން ފެށިގެން ލިބޭނެ އެވެ.

ފޯމް http://adducity.gov.mv/news/35 މި ލިންކުން ޑައުންލޯޑް ކުރެވޭނެ އެވެ.

"އައްޑޫ ފެސްޓިވް މީލް ޗެލެންޖް 2016" ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު މަރަދޫ އިރުޝާދިއްޔާ ސްކޫލް ގަ އެވެ.

ގިނަވެގެން 24 ޓީމަށް ބައިވެރިވެވޭ މި މުބާރާތުގައި ބައިވެރިވުމަށް ފަސް މެމްބަރުންގެ ޓީމެއް އެކުލަވާލަން ޖެހެ އެވެ.

vfhg

ބައިވެރިވާ ޓީމްތަކުގެ ތެރެއިން އެއްވަނަ އަށް ދާ ޓީމަކަށް ތަށްޓާއި 5،000ރ. ގެ ފައިސާގެ އިނާމު އަދި ދެވަނަ އަށް ދާ ޓީމަކަށް 2،500ރ. ވަނީ ހުށަހެޅިފަ އެވެ. ތިންވަނަ އަށް ދާ ޓީމަކަށް ހުށަހެޅިފައިވާ އިނާމަކީ 1،500ރ. އެވެ.

ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "އާޓް އޮން ޕްލޭޓް" ވެސް އިރުޝާދިއްޔާގައި ކުރިއަށް ގެންދާނެ އެވެ.