Last Updated: April 19, 13:47
Friday, April 19, 2024
ރިޕޯޓް

ސައިފަތް ގަހުގެ ތެލުން ލިބޭ ފައިދާތައް

ފޮޓޯ: ނިއު ހެލްތު އެޑްވައިޒާ

1. މޫނުގައި ހުންނަ ލަކުނުތަކަށް ފަރުވާއެއް

ސައިފަތް ގަހުގެ ތެލަކީ ހަންގަނޑާއި ސަބޭޝަސް ގްލޭންޑްގެ ދެމެދުގައި ބެދިފައި ހުންނަ ސަރަހައްދަށް ވަދެ، އެ ސަރަހައްދުގައި ހެދިފައި ހުންނަ އިންފެކްޝަންތައް ނައްތާލައި އަދި ލަކުނުތައް ހިއްކާދޭ އެއްޗެކެވެ. ސައިފަތް ގަހުގެ ތެލުގެ ދެތިން ތިކި އެލޯވޭރާ ޖެލްއަށް ނުވަތަ ޤުދުރަތީ މާމުއިއަށް އެޅުމަށްފަހު ބޭނުންވާ ސަރަހައްދުތަކުގައި އުނގުޅާށެވެ.

2. މޭކަޕް ފޮހުމަށް އެހީއެއް

އާދައިގެ ހަންގަނޑުން ފެށިގެންގޮސް އެންމެ ހިކި ހަންގަނޑުގައި ލާފައި ހުންނަ މޭކަޕްވެސް ފޮހެލުމަށްޓަކައި، ¼ ކެނޯލާ ތެޔޮއާއި 10 ތިކި ސައިފަތް ގަހުގެ ތެޔޮ، 30 މިލިލީޓަރުގެ ބިއްލޫރި ޖަގެއްގައި އެއްކުރާށެވެ. އޭގެ މަތިއެޅުމަށްފަހު ވަރަށް ގަދައަށް ހަލުވާލާށެވެ. ބޭނުންކުރުމަށްޓަކައި ކަފަ ބުރެއްގެ ކޮޅު އޭގެއިން ތެތްމާލާށެވެ. އެއަށްފަހު މޫނުގައި ހާކާށެވެ. ދެން ހޫނު ފެނުން މޫނު ދޮވެލުމަށްފަހު ޓޯނާއެއް ބޭނުންކުރާށެވެ. ތައްޔާރުކުރި ބޭސް ފިނި އަދި އަނދިރި ތަނެއްގައި ރައްކާކުރާށެވެ.

3. ބޮލުގައި ހަންފޮޅުމަށް ހައްލެއް

މިކަމަށްޓަކައި ސައިފަތް ގަހުގެ ތެޔޮ ޝޭމްޕޫއާއި އެއްކޮށްލާށެވެ. އާދައިގެ ސަޒިރުގެ ޝޭމްޕޫ ފުޅިއަކަށް 3-4 ތިކި އަޅާށެވެ. އެއަށްފަހު އިސްތަށިގަނޑު ދޮންނަން ބޭނުންކުރާށެވެ. ނަމަވެސް ސައިފަތް ގަހުގެ ތެޔޮ ސީދާ ބޮލުގެ ހަންގަނޑަށް ނާޅާށެވެ.

4. ނިޔަފަތި ކެހުމަށް ހައްލެއް

ބޭނުންވާ ނިޔަފަތީގެ މަތީގައި ކުޑަ ތެޔޮފޮދެއް ހާކާލާށެވެ. އެއިރުން ހަންގަނޑަށް އެއްވެސް ގެއްލުމެއް ނުދޭކަހަލަ އެންޓިބެކްޓީރިއަލް އެއްގެ ގޮތުގައި އެ ތެޔޮ މަސައްކަތް ކުރާނެއެވެ. އަދި ނިޔަފަތި ކެހުން ކުޑަވެގެންދާނެއެވެ. ހަމަ އެއާއިއެކު ނިޔަފަތީގެ ކުރީގައި މަރުވެފައި ހުންނަ ހަންވެސް މަޑުކޮށްދޭނެއެވެ.

ނޯޓް: ސައިފަތް ގަހުގެ ތެޔޮ (ޓީ ޓްރީ އޮއިލް) ގަންނައިރު، އަނދިރި ބިއްލޫރި ފުޅިއެއްގައި ހުންނަ ތެޔޮ ގަތުމަށް ހަނދާން ކުރާށެވެ. އެއީ ފުޅިއަށް އެޅޭ އަލީގެ ސަބަބުން ތެލުގެ ފައިދާތައް ކުޑަވެދާނެތީ އެކަމަށްޓަކާއިއެވެ.