Last Updated: March 29, 13:37
Friday, March 29, 2024
ރިޕޯޓް

ހަކުރު ބައްޔަށް އެންމެ ރަނގަޅު މޭވާތައް

ހުރިހާ މޭވާތަކަކީ ވެސް އޭގައި ވިޓަމިން އާއި މިނަރަލާއި ފައިބަރު ހިމެނިގެންވާ އެއްޗިއްސެވެ. ހަކުރު ބަލި ހުންނަ މީހުންނަށް ތަކުރާރީ ކެވޭހެން، މޭވާ ވެސް ކެއުން ހަމަ އެންމެ ރަނގަޅެވެ.

މޭވާގައި ކާބޯހައިޑްރޭޓްސްވެ އެވެ. އެހެންކަމުން ދުވަހުގެ ކެއުމުގައި މޭވާ ހިމަނަން ވާނެ އެވެ. ކެއުމަށް ފަހު ފޮނި އެއްޗެއް ކާހިތްވާ ނަމަ، ތާޒާ މޭވާއެއް ނުވަތަ ފްރުޓް ސެލެޑް ކެއުމަކީ ބުއްދިވެރި ކަމެކެވެ.

1. ކިވީ

ގިނަ ދިރާސާވެރިންގެ ހޯދުންތަކުން ދައްކާފައިވާ ގޮތުގައި ގިނައިން ކިވީ ކެއުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު މަދުކޮށްދޭ ކަމެކެވެ.

2. ބްލެކް ޖާމުން

ޝައްކެއްވެސް ނެތްގޮތުގައި ހަކުރު ބަލި ހުންނަ މީހުން ކެއުމަށް އެންމެ ރަނގަޅު އެއް މޭވާއަކީ ބްލެކް ޖާމުންއެވެ. ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދިނުމުގެ ބާރު މި މޭވާގައިވެއެވެ. ބްލެކް ޖާމުންގެ އޮށް ފުނޑައިގެން ކެއުމަކީ ހަކުރު ބަލި ކޮންޓްރޯލްކޮށްދޭ ކަމެކެވެ.

3. ފޭރު

ފޭރަކީ ހަކުރު ބަލި ކޮންޓްރޯލް ކޮށްދިނުމުގެ އިތުރުން ބަނޑު ހަރުވުމަށްވެސް އޮތް ހައްލެކެވެ.

guava

ފޭރަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އޭ، ވިޓަމިން ސީ އަދި ފައިބަރު އެކުލެވިގެންވާ މޭވާއެކެވެ. މި މޭވާގެ ގްލައިސީމިކް އިންޑެކްސް (ޖީއައި) ވަރަށް ދަށެވެ.

4. ޗެރީ

ޗެރީގެ ޖީއައި އަކީ 20 އެވެ. އަދި ބައެއް ވައްތަރުގެ ޗެރީގައި މި އަދަދު 20 އަށްވުރެވެސް ކުޑައެވެ. އެހެންކަމުން ހަކުރު ބަލި ހުންނަ މީހުން ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ކެއުމަށް ރަނގަޅު އެއްޗަކަށް ޗެރީވެގެންދެއެވެ.

5. ޕީޗް

ޕީޗަކީ ވަރަށް މީރު މޭވާއެކެވެ. އަދި ޖީއައިވެސް ވަރަށް ދަށް މޭވާއެކެވެ. ހަކުރު ބަލި ހުންނަ މީހުންނަށް ޕީޗަކީ ވަރަށް ފައިދާހުރި އެއްޗެކެވެ.

peaches

6. ބެރީ

ހަކުރު ބަލި ހުންނަ މީހުންނަށް އެކި ވައްތަރުތަކުގެ ބެރީތައް ކެވިދާނެއެވެ. އޭގެތެރޭގައި ސްޓޯބެރީ، ރާސްޕްބެރީ، ކްރޭންބެރީ އަދި ބްލެކްބެރީ ހިމެނެއެވެ. މި މޭވާތަކަކީ ލޭގައި ހަކުރު ހުންނަ މިންވަރު ހިފަހައްޓައިދޭ މޭވާތަކެކެވެ.

7. އާފަލު

އާފަލުގައި އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވެއެވެ. އެއީ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ، ހަޖަމުކުރާ ނިޒާމު ސާފުކޮށްދީ އަދި ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ އެއްޗެކެވެ. އަދި ހަމަ އެހެންމެ ފެޓްސް ހަޖަމްކުރުމުގައި އެހީވެދޭ ނިއުޓްރިއެންޓްތައްވެސް އާފަލުގައިވެއެވެ.

8. ފިގް

ގިނަ އަދަދަކަށް ފައިބަރު ހިމެނިގެންވާ މި މޭވާއަކީ ހަކުރު ބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސުލިން މަސައްކަތްކުރުމަށް އެހީވެދޭ އެއްޗެކެވެ.

9. އަންނާރު

އަންނާރުގައި ހުންނަ ކުޑަ ރަތް އޮށްތަކުގައި ހަކުރު ބަލު ހުންނަ މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު ކުޑަކޮށްދީ، ދަމަހައްޓައިދޭ މާއްދާތައް އެކުލެވިގެންވެއެވެ.

whole-and-sliced-pomegranates

ގިނަ މޭވާތަކުގެ ޖީއައި މަތިވަނީ އޭގައި ފްރުކްޓޯސްއާއި ފައިބަރު ހިމެނިގެންވާތީއެވެ. މެލަންއާއި، ކަދުރާއި، ހިކި މޭބިސްކަދުރާއި އަލަނާސިގައި ޖީއައި ހުންނަނީ މެދުމިންވަރަކަށެވެ.

ޖުމްލަކޮށް ބުނާނަމަ، މޭވާ ކެއުމަކީ ހަކުރު ހުންނަ މީހުންނަށް އެދެވިގެންވާ ކަމެކެވެ.