Last Updated: March 29, 18:55
Friday, March 29, 2024
މުނިފޫހިފިލުވުން

"ކޮފީ ވިތު ކަރަން 5" އަންނަ މަހު

މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ ފަސް ވަނަ ސީޒަން އަންނަ މަހުގެ 13 ގައި ފަށާ ގޮތަށް ނިންމައި، ޝޯގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލް މި ޝޯ ސްޓާ ޕްލަސް އާއި ސްޓާ ވޯޑް އިން ވެސް ދައްކާނެ އެވެ.

މަޝްހޫރު ފިލްމީ ތަރިންނާ އިންޓަވިއުކޮށް ގެނެސް ދެވޭ "ކޮފީ ވިތު ކަރަން" އަކީ އާންމުންގެ މެދުގައި އެންމެ މަގުބޫލް އެއް ޓީވީ ޝޯ އެވެ.

ޝޯ ހާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ އަމިއްލަ ދިރިއުޅުމާ ބެހޭ ގޮތުން ނޭނގޭ ގިނަ ވާހަކަތަކެއް ޝޯގައި ތަރިން ހާމަ ކުރާތީ އެވެ. އަދި ބައެއް ކަންކަން ސިއްރު ކުރަން މަސައްކަތް ކުރާތީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުރީގެ ސީޒަންތަކާ އެއްގޮތަށް މި ފަހަރު ވެސް ޝޯ ފަށާނީ ކަރަންގެ އެންމެ ގާތް އެކްޓަރުންގެ ތެރޭގައި ހިމެނޭ ޝާހްރުކް ހާނާ އެކުގަ އެވެ.

މީގެ އިތުރުން މަޝްހޫރު ވަރަށް ގިނަ ތަރިން ޝޯ އިން ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި މިހާރު ފިޔަ ޖަހަމުން އަންނަ ޒުވާން ތަރިން ވެސް ހިމެނެ އެވެ.

"ކޮފީ ވިތު ކަރަން 5" އަންނަ މަހު ފަށާ އިރު، ކަރަން މިހާރު އަންނަނީ ކަލާޒްގެ ޑާންސް ޝޯ "ޖަލަކް ދިލާޖާ" ގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

އަދި އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމް "އޭ ދިލް ހޭ މުޝްކިލް" އަންނަ ހުކުރު ދުވަހު ރިލީޒް ކުރާނެ އެވެ.