Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ނިމާލް ޓޫރިޒަމް މިނިސްޓަރުގެ ނައިބަކަށް

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ޓޫރިޒަމް މިނިސްޓަރުގެ ނައިބަކަށް މިއަދު ހަމަޖައްސަވައިފިއެވެ.

މި ދިޔަ މަހުގެ 26 ވަނަ ދުވަހު ފެނަކަ ކޯޕަރޭޝަނުން ނިމާލް ވަކިކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނުން ޑޮލަރު ގަންނަން ދޫކުރި 17 މިލިއަން ރުފިޔާގެ ޗެކަށްވީ ފައިސާ ވެސް ޑޮލަރުވެސް ކުންފުންޏަށް ނުލިބިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

ނިމާލް ވަކިކުރުމަށްފަހު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކޮށްފައިވަނީ އަހްމަދު ޝަރީފްއެވެ.

އަހްމަދު ޝަރީފް މަގާމާއި ހަވާލުވުމަށްފަހު ވިދާޅުވީ ޑޮލަރުވެސް ފައިސާވެސް ކުންފުންޏަށް ލިބިފައި ނުވާކަމަށާއި، އެމައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ. ޝަރީފް އެގޮތަށް ވިދާޅުވި ފަހުން މިއަދާއި ހަމައަށްވެސް އެފައިސާ އާއި ގުޅޭ ގޮތުން ފުލުހުން އަދި ފެނަކަ ކޯޕަރޭޝަނުން ވާހަކަ ދައްކާފައި ނުވެއެވެ.