Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ސުއޫދު ހައި ކޯޓަށް ހާޒިރު ކުރަނީ

ޕީޕީއެމް މައުމޫން ފެކްޝަންގެ ލޯޔަރުންގެ ޓީމްގައި ހިމެނޭ މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުޢޫދު ހައިކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސުއޫދު ހައިކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވަނީ މާދަމާ ހެނދުނު 10 ޖަހާއިރަށެވެ.

ސުއޫދު ހައިކޯޓަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާއި ގުޅިގެން ކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް ހައިކޯޓުގައި މައްސަލަ ކުރިއަށް ގެންދަވާ ގޮތަށް ސުއޫދު ވަނީ ފާޑު ވިދާޅުވެފައެވެ.

ޕީޕީއެމްގެ މައްސަލާގައި ރައީސް މައުމޫންގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ވިދާޅުވެ، ސުއޫދު ވަނީ މައްސަލަ ދަށު ކޯޓަށް ހުށަހެޅި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި ޝާހިދު އާއި އަރިސް އައްބާސް ވާފިރުގެ އިތުރުން މައްސަލަ ހައިކޯޓަށް ބަލައިގަތްކަމަށް ބުނާ ފަރާތެއް ހިމެނޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ކުރިން ބަންޑާރަ ނައިބްކަން ވެސް ކުރެއްވި ހުސްނުއް ސުއޫދު ވަރަށް ގިނައިން ޝަރުއީ ދާއިރާތަކުގައި ހުރި މައްސަލަތަކުގެ ވާހަކަތައް ދައްކަވައެވެ. އަދި ޖުޑިޝަރީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވައެވެ.