Last Updated: March 29, 11:09
Friday, March 29, 2024
މުނިފޫހިފިލުވުން

ލަވަކިޔުންތެރިޔާ ބޮބީ ވީ މަރުވެއްޖެ

ފޮޓޯ: ގެޓީ އިމޭޖެސް

މަޝްހޫރު ޕޮޕް ލަވަތައް ކަމަށްވާ "ރަބާ ބޯލް"، "ޓޭކް ގުޑް ކެއާ އޮފް މައި ބޭބީ" އަދި "ދަ ނައިޓް ހޭޒް އަ ތައުޒަންޑް އައިސް" ގެ ކިޔުންތެރިޔާ ބޮބީ ވީ އުމުރުން 73 އަހަރުގައި މަރުވެއްޖެ އެވެ.

އޭނާގެ ކެރިއަރުގައި ވީ ވަނީ 25 އަށްވުރެ ގިނަ އަލްބަމް ނެރެފަ އެވެ. ދެހާސް އެގާރަ ވަނަ އަހަރު އެލްޒައިމާސް ބަލީގެ ސަބަބުން އޭނާ ލަވަކިޔުމުގެ ދާއިރާއިން ރިޓަޔާވި އެވެ.

ވީގެ ފިރިހެން ދަރިފުޅު ޖެފް ވެލައިން ބުނިގޮތުގައި ވީ ނިޔާވީ އަމާންކަންމަތީ ހޯމަ ދުވަހު އޭނާގެ އާއިލާގެ ކައިރީގައި ކަމަށެވެ.

"އެއީ ވަރަށް ދިގު އުނދަގޫ ރާސްތާއެއްގެ ނިމުން"، ވެލިން ބުންޏެވެ.

ވެލައިން އޭނާގެ ބައްޕައާއި ބެހޭގޮތުން ބުނީ އޭނާއަކީ މުޅި ދުނިޔެއަށްވެސް އުފާވެރިކަން ގެނެސްދިން މީހެއްކަމަށާއި އެއީ އޭނާގެ ވަޒީފާ ކަމުގައެވެ.

ވީ މަޝްހޫރުވެގެން ދިޔައީ 1959 ވަނަ އަހަރު އޭނާގެ އުމުރުން އެންމެ 15 އަހަރުގައި ބަޑީ ހޮލީ ނިޔާވުމުގެ ސަބަބުން އޭނާގެ ބަދަލުގައި ލަވަކިޔަން ލިބުމުންނެވެ.

ވީގެ އުފަން ނަމަކީ ރޮބާޓް ވެލައިންއެވެ. ބޮބް ޑިލަންގެ ޒުވާން ދުވަސްވަރު މިއުޒިކްގެ ދާއިރާއިން ކުރިއަށް ދިއުމަށް ފުރުސަތު ދިނީވެސް ވީއެވެ.

ޑިލަން ވޭއާއިއެކު ވީގެ ބޭންޑްގައި ކުޑަ ދުވަސްކޮޅެއް ވަންދެން ކުޅުނެވެ. ވެލައިންގެ ނަން ވީއަށް ބަދަލުކުރަން ޚިޔާލު ދިނީވެސް ޑިލަންއެވެ.

ވީގެ އެންމެ ފުރަތަ ބިލްބޯޑް ޗާޓްގެ ހިޓްއަކަށްވީ 1960 އަހަރު ނެރުނު ލަވަ "ޑެވިލް އޯ އޭންޖެލް" އެވެ.

އެއަށްފަހު އޭނާވަނީ ގިނަ އަދަދެއްގެ ހިޓް ލަވަތައް ނެރެފައެވެ. އޭގެތެރޭގައި "ދަ ނައިޓް ހޭޒް އަ ތައުޒަންޑް އައިސް"، "ކަމް ބެކް ވެން ޔޫ ގްރޯ އަޕް" އަދި "ޕްލީޒް ޑޯންޓް އާސްކް އެބައުޓް ބާބަރާ" އަދި "ޕަނިޝް ހާ" ހިމެނެއެވެ.

ވީއާއި އޭނާގެ އަންހެނުން ކެރެން 50 އަހަރަށްވުރެ ގިނަ ދުވަހު ކައިވެނި ކޮށްގެން އުޅުނުއިރު، އެ ކައިވެންޏަށް ހަތަރު ކުދިން ލިބުނެވެ. 2015 ވަނަ އަހަރު އުމުރުން 71 ގައި ކިޑްނީ ފެއިލްވުމުގެ ސަބަބުން ކެރެން ނިޔާވިއެވެ.

ވީގެ ފިރިހެން ދަރިފުޅު ވެލައިން ބުނި ގޮތުގައި މިނިއަޕޮލިސްގައި ހުންނަ ކެއާ ހޯމްއެއްގައި އުޅޭތާ އެއް އަހަރުވެފައި ވާއިރު، އޭނާ ނިޔާވުމުގެ ކުރިން ދިޔައީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ކަމަށް ކަމަށެވެ.