Last Updated: April 25, 21:20
Thursday, April 25, 2024
ވިޔަފާރި

"ބާގާ ކިންގް" ގެ ވިޔަފާރި ދަށަށް

ބާގާ ކިންގާއި ޓިމް ހޯޓަން ހިންގާ އެމެރިކާގެ ފާސްޓް ފުޑް ޗެއިންއެއް ކަމަށްވާ ރެސްޓޯރެންޓް ބްރޭންޑްސް ގެ ހިއްސާތައް ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

އެއީ ބާގާ ކިންގްގެ ވިޔަފާރި ދަށަށް ދިޔަކަމަށް ދެވަނަ ފަހަރަށް ރިޕޯޓް ކުރެވުނު ފަހުންނެވެ.

ސެޕްޓެމްބަރުގެ ނިޔަލަށް ތިން މަހުގެ ތެރޭގައި ބާގާ ކިންގްގެ ވިޔަފާރި މައްޗަށް ގޮސްފައިވަނީ އެންމެ 1.7 އިންސައްތައަށެވެ. އެއީ މިދިޔަ އަހަރުގެ 6.2 އިންސައްތައާ ބަލާފައި ވަރަށް ކުޑަ އަދަދެކެވެ.

"ބާގާ ކިންގްގެ އެޕީލް އިތުރުކުރުމަށްޓަކައި އަދި ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ. އެގޮތުން ކޯ ލައިންތަކަށާއި ޖުމްލަކޮށް ރެސްޓޯރެންޓްގެ ތަޖުރިބާއަށް ފޯކަސް ކުރަންޖެހޭ"، ރީޓެއިލް ދިރާސާ ކުރާ ކުންފުންޏެއް ކަމަށްވާ ކޮންލަމީނޯގެ ނީލް ސޯންޑާސް ބުންޏެވެ.

6cee0839-9c4d-4dd6-a4f8-4cdbce7bc081