Last Updated: March 29, 16:28
Friday, March 29, 2024
ޚަބަރު

ސައިރަސް އަށް ޓާޓާ އިން "ޓާޓާ" ކިޔަން ޖެހިއްޖެ

ޓާޓާގެ ގްރޫޕްގެ ހޯލްޑިންގް ކުންފުނި ކަމަށްވާ ޓާޓާ ސަންސްގެ ބޯޑުން އެ ކުންފުނީގެ ޗެއާމަންގެ މަޤާމުން ސައިރަސް މިސްޓްރީ ވަކިކޮށްފި އެވެ.

ދާއިމީ ޗެއާމަނެއް ހޯދުމުގެ މަސައްކަތް އެ ކޮމިޓީން ކުރަމުންދާ އިރު، ވަގުތީ ޗެއާމަންއަކަށް ހަމަޖައްސާފައި ވަނީ ރަތަން ޓާޓާ އެވެ.

ޓާޓާ ސްޓީލް ހިންގަމުން އަންނަ ކުންފުނީގެ ލީޑަރެއްގެ ގޮތުގައި މިސްޓްރީ ހުންނަވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެންނެވެ.

އޭނާއަކީ 70 އަހަރުގެ ތެރޭގައި ޓާޓާ އާއިލާގެ ބޭރުން އައްޔަން ކުރެވުނު އެންމެ ފުރަތަ ޗެއާމަނެވެ.

ކުންފުނީގެ ބޯޑުން މިސްޓްރީ ވަކި ކުރަން ނިންމީ ސަބަބާ ބެހޭ ގޮތުން އެ ކުންފުނިން އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.

މިސްޓްރީއަކީ ގާތްގަނޑަކަށް 150 އަހަރުވެފައިވާ ކުންފުނީގެ ހަ ވަނަ ޗެއާމަނެވެ.

ރަތަން ޓާޓާއަކީ ކުރީގެ ޗެއާމަނެވެ. އަދި 2012 ވަނަ އަހަރު އުމުރުން 75 އަހަރުގައި އޭނާ އެ މަޤާމުން އިސްތިއުފާ ދިނީ ކުންފުނީގެ ބޮޑު މީހެއްގެ ގޮތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހުންނަވައިފަ އެވެ.

ރަތަން ޓާޓާ - ފޮޓޯ: އޭއެފްޕީ / ގެޓީ
ރަތަން ޓާޓާ – ފޮޓޯ: އޭއެފްޕީ / ގެޓީ

މިސްޓްރީ ޗެއާމަންގެ މަޤާމަށް އައްޔަން ކުރެވުނީ ޓާޓާ ރިޓަޔާވުމުގެ އެއް އަހަރަށްވުރެ ކުރިންނެވެ.

ޓާޓާ ސަންސްއަކީ ޖަގުއުއާ ލޭންޑް ރޯވާ އަދި ޓެޓްލީ ޓީގެ ވެރި ކުންފުންޏެކެވެ. އެއީ އިންޑިއާގެ އެންމެ ދުވަސްވީ ކުންފުނި ޗެއިނެވެ. އެ ޗެއިންގައި 100 އަށް ވުރެ ގިނަ ކުންފުނި ހިމެނެއެވެ. އޭގެތެރޭގައި ޓާޓާ މޮޓޯސް، ޓާޓާ ޕަވާސް އަދި ޓާޓާ ކޮންސަލްޓެންސީ ސާވިސެސް ހިމެނެ އެވެ.

ވޭލްސްގައި ޓާޓާގެ ގާތްގަނޑަކަށް 7،000 މުވައްޒަފުން އުޅެ އެވެ. އޭގެ ތެރެއިން 4،000 މުވައްޒަފުން މަސައްކަތް ކުރަނީ ދެކުނު ވޭލްސްގެ ޕޯޓް ޓެލްބޮޓްގައި ހުންނަ ޕްލާންޓެއްގަ އެވެ.