Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

އެެޗްއާރްއެޗްގައި ބްލަޑް ބޭންކެއް ގާއިމު ކުރަނީ

ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ބްލަޑް ބޭންކެއް ނުވަތަ ލޭ ރައްކާ ކުރާނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރު ޝާހު ސައީދު ޓީވީއެމަށް ވިދާޅުވީ، ލޭ ރައްކާ ކުރުމަށްޓަކައި ހޮސްޕިޓަލަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ލިބިފައިވާ ކަމަށެވެ.

އަދި އެކަމަށް ބޭނުންވާ ބައެއް މެޝިންތައް ވެސް މިހާރު އިންސްޓޯލް ކުރެވި ތައްޔާރީތައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޝާހް ވިދާޅުވީ ލޭ ރައްކާ ކުރުމުގެ ހިދުމަތް ފެށުމަށްޓަކައި އެ ހިދުމަތަށް ބޭނުންވާ މީހުން ތަމްރީނު ކުރުން ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

އެގޮތުން ދެ ނަރުހުންނާއި ލެބޯޓްރީ ޓެކްނީޝަނެއް ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

gyjhn

އަދި އުއްމީދު ކުރަނީ މި އަހަރު ނިމުމުގެ ކުރިން ލޭ ރައްކާ ކުރުމުގެ ޚިދުމަތް އެޗްއާރްއެޗްގައި ގައި ގާއިމުވެގެން ދިއުން ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

ހޮސްޕިޓަލްގައި ލޭ ރައްކާ ކުރެވޭ ނިޒާމެއް މިހާތަނަށް ހަމަޖެހިފައި ނެތުމަކީ އާންމުންގެ ވަރަށް ބޮޑު ޝަކުވާއަކާއި ކަންބޮޑުވުމެއްކަން ފާހަގަކޮށްލެވެ އެވެ.

އެހެންވެ އިމަޖެންސީގައި ލޯ ހޯދުމާއި ބައެއް ހާލަތްތަކުގައި ތެލަސީމިއާ ކުދިންނަށް ވެސް ލޭ ހޯދުން ފަދަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.