Last Updated: April 19, 16:50
Friday, April 19, 2024
ޚަބަރު

ހިތަދޫ ޕޯޓްގެ ބާޖް ހޭންޑްލާ މާލެ ގެންދަނީ!

ހިތަދޫ ސަރަހައްދީ ބަނދަރަށް ގެންނަ ކޮންޓައިނާތައް ބޭލުމަށް ބޭނުން ކުރާ ބާޖް ހޭންޑްލާ މިއަދު މާލެ ގެންދަން، ކޮޅުވެއްޓިއެއްގައި ހިތަދޫ ފުރުވާލަން ކޮޅުވެއްޓި އަށް އަރުވަނިކޮށް، ކޮޅުވެއްޓި އަށް ގެއްލުންތަކެއްވެގެން، ބާޖް ހޭންޑްލާ އަނބުރާ ހިތަދޫ ޕޯޓަށް ގެންގޮސްފި އެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ބާޖް ހޭންޑްލާ މާލެ ގެންދަން ހިތަދޫ ބަނދަރުން ކޮޅުވެއްޓިއަކަށް އަރުވަނިކޮށް، "އައްޑޫ ލައިވް" ގެ ނޫސްވެރިންނަށް ވެސް ވަނީ ފެނިފަ އެވެ.

ކޮޅުވެއްޓި އަށް ބާޖް ހޭންޑްލާ އަރުވަނިކޮށް، ކޮޅުވެއްޓީގެ ސްލައިޑިން ޕްލެޓްފޯމް ބިންދައިގެން ގޮސްފައިވާ ކަމަށް ބަނދަރުގައި ހުރި ނޫސްވެރިޔާ ބުންޏެވެ.

އެހެންވެ ކޮޅުވެއްޓި އަށް ބާޖްް ހޭންޑްލާ އެރުވުން ހުއްޓާލައި، ބަނދަރަށް ވަނީ ގެންގޮސްފަ އެވެ.

fggjgf

އެޗްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ ހިތަދޫ ޕޯޓްގެ ބާޖް ހޭންޑްލާ މާލެ ގެންދަނީ މާލެ ޕޯޓްގައި ބޭނުން ކުރާ ބާޖް ހޭންޑްލާ ހަލާކުވުމާ ގުޅިގެން ކަމަށެވެ.

ހިތަދޫ ޕޯޓްގައި އޮތް ބާޖް ހޭންޑްލާއަކީ މިހާރު އެ ބަނދަރުގައި ކޮންޓެއިނާ ބޭނުން ކުރަން އޮތް ހަމައެކަނި ވަސީލަތެވެ.

އެހެންވެ އޭތި މާލެން ގެންދިއުމުން ވަރަށް ދަތި ވާނެ ކަމަށާއި ބަނދަރުގެ މަސައްކަތް ހުއްޓުމަކަށް އަންނާނެ ކަމަށް ބުނެ، އެޗްޕީއެލްގެ ބައެއް މުވައްޒަފުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ހިތަދޫ ޕޯޓް ހިންގާ އެޗްޕީއެލްއަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުން ހިންގާ ކުންފުންޏެކެވެ.