Last Updated: April 19, 17:13
Friday, April 19, 2024
މުނިފޫހިފިލުވުން

"ކަހާނީ 2" ގެ ޓްރެއިލާ ބަލާލަމާ

ވިދިޔާ ބާލަން މާބަނޑު އަންހެނަކަށް ހެދިގެން އޭނާގެ ގެއްލިފައިވާ ފިރިމީހާ ހޯދަން ކުރާ އާދަޔާހިލާފު މަސައްކަތް ދައްކުވައިދޭ ފިލްމް "ކަހާނީ" ގެ ކާމިޔާބީ އަށް ފަހު، ބެލުންތެރިންނާ ހަަމައަށް ގެނެސްދޭ އެ ފިލްމްގެ ސީކްއެލް "ކަހާނީ 2" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ސްޖޯއި ގޯޝް ލިޔެ، ޑައިރެޓްކޮށްފައިވާ މި ފިލްމަކީ އަނެއްކާ ވެސް "ކަހާނީ" ފަދައިން ވިދިޔާގެ މޮޅު އެކްޓިން ފެނިގެން ދާނެ ފިލްމެއްކަން ޓްރެއިލާ އިން ވެސް ވަނީ ސާބިތުކޮށް ދީފަ އެވެ.

the-intriguing-new-poster-of-vidya-balan-kahaani-2-is-out

ޓްރެއިލާ ބެލި ގިނަ ބަޔަކު ބުނެފައި ވަނީ ފިލްމު ވަަރަށް ޝައުގުވެރިވާނެ ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.

"ކަހާނީ 2" ގެ މުހިއްމު ރޯލަކުން މި ފަހަރު އަރުޖުން ރާމްޕާލް ވެސް ފެނިގެން ދާނެ އެވެ. މި ފިލްމުގެ ވާހަކަ މި ފަހަރު އެނބުރެނީ މީހަކު ކިޑްނެޕް ކުރުމާއި މީހަކު މަރާލުމުގެ ތުހުމަތުގައި ފުލުހުން ވިދިޔާ ހޯދަން ކުރާ މަސައްކަތުގެ މައްޗަށެވެ.

މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ ޑިސެމްބަރު މަހުގެ 2 ގަ އެވެ.