Last Updated: March 29, 18:55
Friday, March 29, 2024
ސިޔާސީ

ރައީސް މައުމޫންގެ ހިތްވަރު ހައިރާން ކުރުވަނިވި: މުސްޠަފާ

ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކަށް މީގެ ކުރިން ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެެރިންނަށް މައުލޫމާތު ދެއްވަނީ -- ވީފައިލް ފޮޓޯ

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހިތްވަރުފުޅަކީ ހައިރާން ކުރުވަނިވި ހިތްވަރެއް ކަމަށް ވިދާޅުވެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާ މައުމޫންއަށް ތައުރީފް ކުރައްވައިފި އެވެ.

ޕީޕީއެމް ދެބައިވެ، މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް މުސްޠަފާ ވިދާޅުވީ، މައުމޫން އެގޮތަށް ސާބިތުކަން މަތީ ދެމިހުންނެވިހާ ހިނދަކު އެމަނިކުފާންގެ ފަހަތްޕުޅުގައި ދެމި ހުންނަވާނެ ކަމަށެވެ.

މުސްޠަފާއަކީ ރައީސް މައުމޫންއަށް ތާއިދު ކުރައްވާ ޕީޕީއެމް މަޖްލިސް ތެރެއިން އެއް މެމްބަރެވެ. މުސްޠަފާ ވަނީ މީގެ ކުރިން ރައީސް މައުމޫންގެ ކިބައިން މަޢާފަށްވެސް އެދިވަޑައިގެންފައެވެ.

ޕީޕީއެމް ތެރޭގައި މައްސަލަ އުފެދިފައިވާ އިރު އެޕާޓީއަށް ނިސްބަތްވާ މަޖްލިސް މެމްބަރުންގެ ތެރެއިން ގިނަ ބަޔަކު މައުމޫންއަށް ތާއިދު ކުރައްވާކަމަށް މައުލޫމާތު "އައްޑޫ ލައިވް"އަށް ވަނީ ލިބިފަ އެވެ.

ނަމަވެސް އޭގެ ތެރެއިން ބައެއް މެމްބަރުން މިވަގުތު ތިއްބެވީ ވަރަށް މައިތިރިކޮށެވެ.