Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ރާއްޖެ، އިންޑިއާ އަދި ލަންކާގެ އެކްސަސައިޒެެއް

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑް އަދި ސްރީ ލަންކާގެ ކޯސްޓްގާޑު ގުޅިގެން ހިންގާ "ޓްރައިލެޓަރަލް ޖޮއިންޓް އެކްސަސައިޒް: ދޯސްތީ 13" ގައި ބައިވެރިވާ މަނަވަރުތައް އިއްޔެ ރާއްޖެ އައިސް އެކްސަސައިޒް މިއަދު ފަށައިފި އެވެ.

ރާއްޖެ އައި މަނަވަރުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއަން ކޯސްޓްގާޑު ޝިޕް ސަމަންދުރަ ޕަވަކް އާއި ސްރީ ލަންކަން ކޯސްޓްގާޑު ޝިޕް ސާގަރާ އެވެ.

އަދި މި އެކްސަސައިޒްގައި ބައިވެރިވުމަށް އިންޑިއަން ކޯސްޓްގާޑުގެ ޑޯނިއާ މަތިންދާބޯޓެއް ވެސް ރާއްޖެ އައިސްފައިވެ އެވެ.

މިއަދުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި އެކްސަސައިޒަކީ ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި، ކަނޑުމަތީގައި ދިމާވާ ހާދިސާތަކާއި އޮޕަރޭޝަންތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރި ވާނެ ގޮތްތައް ފަރިތަކުރުމުގެ މަޤްޞަދުގައި ބާއްވާ ތަމްރީނުތަކެއް ކަަމަށް އެމްްއެންޑީއެފުން ބުންޏެވެ.

gj

މި އެކްސަސައިޒްގެ އަމަލީ ފަރިތަ ކުރުންތައް ކުރިއަށް ދަނީ މާލެ އާއި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައެވެ.

އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު އިންޑިއާ އާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން ހިންގަން ފެށި އެކްސަސައިޒެެކެވެ. މި އެކްސަސައިޒުގައި ސްރީ ލަންކާ ކޯސްޓްގާޑުން ބައިވެރިވާން ފަށާފައި ވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.

އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ހެނދުނު އިސްލާމިީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ޚާއްޞަ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވައިފަ އެވެ.