Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އީކްއޭޓަ ވިލެޖްގެ ރިސޯޓް މެނޭޖަރަަކަށް ވަހީދު

ގިނަ ދުވަސްތަކެއް ވަންދެން ސްރީ ލަންކާގެ މީހަކު މެނޭޖަރެއްގެ މަގާމު އަދާ ކުރަމުން ދިޔަ ގަމުގެ އީކްއޭޓަ ވިލެޖްގެ ރިސޯޓް މެނޭޖަރަކަށް ދިވެއްސަކު ހަމަޖައްސައިފި އެވެ.

ކައިމޫ އިން ހިންގާ އީކްއެޓާ ވިލެޖްގެ ރިސޯޓް މެނޭޖަރަަކަށް މިހާރު ހަމަޖައްސައިފައި ވަނީ ފޭދޫ މޫންލައިޓް މުހައްމަދު ވަހީދެވެ.

ވަހީދަކީ ވަޒީފާ އަދާ ކުރުމަށްޓަކައި ރަށުން ހިޖުރަކޮށް، ރަށުން ބޭރުގައި 30 އަށް ވުރެ ގިނަ އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ރަށުން ހިޖުރަ ކުރީ އުމުރުން 24 އަހަރުގަ އެވެ.

hghj

"ވަރަށް ޒަމާންކޮށްފައި އައްޑު އަށް ދިރިއުޅުން ބަދަލުކޮށް، އީކްއޭޓަ ކަހަލަ ތަނެއް ހިންގަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށް ދެކެނީ،" އެންމެ ފުރަތަމަ ވިލިގިލި ބީޗް ރިސޯޓްގައި ޓްރެއިނީ ރިސެޕްޝަނިސްޓެއްގެ ގޮތުގައި 1986 ގައި ޓޫރިޒަމް ދާއިރާ އަށް ނިކުންނެވި ވަހީދު ވިދާޅުވި އެވެ.

އޭގެ ފަހުން ވަހީދު ވަނީ ރިސޯޓްތަކުގައި ވަަރަށް ގިނަ މަގާމުތަކެއް ފުރުއްވައިފަ އެވެ.

އޭގެ ތެރޭގައި ފްރޮންޓް އޮފީސް މެނޭޖަރުކަމާއި އެސިސްޓަންޓް މެނޭޖަރުކަމާއި އެސިސްޓަންޓް ރިސޯޓް މެނޭޖަރުކަން ހިމެނެ އެވެ.

vj

އޭނާ އީކްއޭޓާ އަށް ބަދަލުވެވަޑައިގެންނެވުމުގެ ކުރިން ވެސް ހުންނެވީ ކައިމޫގެ ރިސޯޓެއްގަ އެވެ. އެއީ ސަމާ އައިލެންޑް މޯލްޑިވްސްގަ އެވެ. އެއީ އެތަނުގެ އެސިސްޓަންޓް ރިސޯޓް މެނޭޖަރުގެ މަގާމުގަ އެވެ.

"އައްޑުއަކީ ޓޫރިޒަމްގެ ކުރިމަގު އޮތް ތަނެއް. މި ސަރަހައްދަކީ މަޝްހޫރު ޑައިވިން ސްޕޮޓްކެއް ހުރި ތަނެއް. ހަމަ މިއާ އެކު ގިނަ ރަށްތަކެއް އެއްފަސްކޮށް ގުޅިފައި ހުރުމުން ޓޫރިސްޓުންނަށް ބައިސްކަލްގައި އައްޑޫގެ ބޮޑު ބައި އެކްސްޕްލޯ ކުރަން ވަރަށް ފަސޭހަ،" ވަހީދު ވިދާޅުވި އެވެ.

gjh

އޭނާ ވިދާޅުވީ 78 ކޮޓަރީގެ އީކްއޭޓަ ވިލެޖާ ހަވާލުވެވަޑައިގެން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ކާމިޔާބުކަމާ އެކު އެތަން މެނޭޖްކޮށް ހިންގަވަން ކަަމަށެވެ.

ކައިމޫގެ މެނެޖިން ޑިރެކްޓަރު މުހައްމަދު މާނިހް އަހުމަދު ވިދާޅުވީ ވަހީދާ އާ އެކު އީކްއޭޓާ ކުރިއެރުންތަކެއް އަންނާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.