Last Updated: March 29, 02:52
Thursday, March 28, 2024
ރިޕޯޓް

ރޯނގާ އެންމެ އަވަހަށް ރަނގަޅު ވާނީ ކިހިނެތް؟

މޫސުން ބަދަލުވުމާއި ގުޅިގެން ގިނަ މީހުންނަށް އަރިދަފުސް ރޯނގާއާއި ކުރިމަތިލާން ޖެހެ އެވެ.

މާ ގިނައިން ބޭސްކާން ފޫހިވާ ނަމަ ނުވަތަ ޑޮކްޓަރަށް ދައްކަން ދާން ކަންނެތްނަމަ، ތިރީގައި މިވާ ބައެއް ކަންތައްތައް ކުރުމުން ރޯނގާ ރަނގަޅުވާނެއެވެ.

1. މާމުއި އަދި އިނގުރު ފަނި

hot-tea-lemon-flu

މާމުއިއަކީ ކަރަށް އަރާމް ލިބިދޭ އެއްޗަކަށްވާއިރު، އިނގުރުއަކީ އެންޓިބައޮޓިކް ޕްރޮޕަޓީތައް ހިމެނިގެންވާ އެއްޗެކެވެ. ކުޑަ އިނގުރުކޮޅެއް މުގުރުމަށްފަހު އެކަށީވެންވާ މިންވަރަކަށް މާމުއިއާއި އެއްކޮށްގެން ބޯލާށެވެ. ރަހަ ނުބައިނަމަ، އޭގެ ތެރެއަށް ބައި ތަށި ހޫނު ކިރު އަޅައިގެން ބޯށެވެ. މިއީ ވަގުތުން ނޭވާލާ ހޮޅި ސާފުކޮށްދީ، ކަރު ހިކިކޮށް ހުރުމުން ދުރުކޮށްދޭ ކަމެކެވެ.

2. ރީނދޫ

salem-turmeric-bulbs-1320706

ރީނދޫ ތަފާތު އެކި ގޮތްގޮތަށް ބޭނުންކުރެވިދާނެއެވެ. ރީނދޫ "ބޮކި" ލިބޭނަމަ، އޭގެ އެއްކޮޅު އަންދާލުމަށްފަހު އަރާ ދުމުގެ ތެރެއަށް ނޭވާލާށެވެ. އެއިރުން ވަގުތުން ރޯނގާ ރަނގަޅުވާނެއެވެ. އެހެންނޫނީ ރީނދޫ ޕައުޑަރު ކިރާއި އެއްކޮށްގެން ބުއިންވެސް ރަނގަޅުވާނެއެވެ.

3. ފްލެކްސްސީޑްސް، ލުނބޯ ފަނި އަދި މާމުއި

79917620f4119fd285de8d06772689de

ފްލެކްސްސީޑްސްއަކީ ރޯނގާއަށް ވަރަށް ރަނގަޅު ފަރުވާއެކެވެ. ބޯވަންދެން ފްލެކްސްސީޑްސް ފެނުކައްކާށެވެ. އޭގެ އެސެންސު ނެގުމަށްފަހު، އޭގެތެރެއަށް ލުނބޯ ޖޫހާއި މާމުއި (ރަހަ ރަނގަޅުވާ ވަރަށް) އަޅައިގެން ދުވާލަކު ދެފަހަރު ބޯށެވެ.

4. ޖެގަރީ (ފޮނި އެއްޗެއް)

jaggery_small

ކަރު މާބޮޑަށް ހިކިގެން ނުވަތަ މާބޮޑަށް ކެއްސައިގެން ކަރަށް ތަދުވާނަމަ، ޖެގަރީއަކީ ވަރަށް ރަނގަޅު ފަރުވާއެކެވެ. ފެނާއި އަސޭމިރުސް އެކުގައި ފެނުކައްކާށެވެ. އެއަށްފަހު ކުޑަ ދިރިކޮޅެއް އަޅާލައި، އިރުކޮޅެއް ވަންދެން އިތުރަށް ކައްކާށެވެ. ދެން އޭގެތެރެއަށް ކުޑަ ޖެގަރީކޮޅެއް އެޅުމަށްފަހު، ޖެގަރީ ވިރަންދެން ރަނގަޅަށް އެއްކުރާށެވެ. މޭމަތީގައި އުފެދޭ އިންފެކްޝަންތަކަށް މިއީ ފަރުވާއެކެވެ.

5. މަސާލާ ސައި

SONY DSC
SONY DSC

ސައި ބުއިމަށް ލޯބިކުރާނަމަ، ރޯނގާ އެންމެ އަވަހަށް ރަނގަޅުކޮށްދޭނެ އެއްޗަކީ މަސަލާ ޓީއެވެ. ސައިފަތް ފެނުކައްކާށެވެ. އޭގެތެރެއަށް ބޭނުން ވައްތަރެއްގެ ހަވާދު ހެދުމަށް ބޭނުންކުރާ ބާވަތްތައް (ކަރަންފޫ، ފޮނިތޮށި، އިނގުރު އަދި އަސޭމިރުސްއަކީ އެންމެ ރަނގަޅު އެއްޗެހި) އަޅާށެވެ. ރަނގަޅަށް ފެނުކެއްކުމަށްފަހު، ކިރުނާޅާ ބޯށެވެ. ބޭނުންނަމަ ކުޑަ މާމުއިފޮދެއްވެސް އެޅިދާނެއެވެ.