Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ވިލާގެ ރިސޯޓްތަކަށް އައްޑޫން ޒުވާނުން ހޯދަނީ

ވިލާ ގްރޫޕުން ހިންގާ ރިސޯޓްތަކަށް ބޭނުންވާ މުވައްޒަފުން އައްޑޫން ހޯދަން ހާއްސަ ޕްރޮގްރާމެއް މާދަމާ އައްޑޫގައި ފަށަން ނިންމައިފި އެވެ.

ވިލާގެ ޕީއާރް އެންޑް ރެކްރޫޓްމަންޓް ޕްރޮގްރާމުގެ ދަށުން ސްކޫލް ނިންމާ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމް އޮންނާނީ މާދަމާ އާއި ހުުކުރު ދުވަހު އެވެ.

މި ޕްރޮގްރާމުގެ ހުކުރު ދުވަހުގެ ސެޝަން އޮންނާނީ ހަވީރު 4:00-6:00 އަށް ފޭދޫ ސްކޫލް ގައެވެ.

ހޮނިހިރު ދުވަހުގެ ސެޝަން އޮންނާނީ ހިތަދޫގައި ހުންނަ ވިލާ ކޮލެޖުގެ ކެމްޕަހުގައި އެ ދުވަހުގެ ހަވީރު 4:00-6:00 އަށެވެ.

ވިލާ ގްރޫޕުން ބުނީ މި ޕްރޮގްރާމްގައި ވިލާގެ ރިސޯޓްތަކުން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ވަރަށް ފުޅާކޮް ފޯރުކޮށް ދޭނެ ކަމަށެވެ.