Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ގޯދިއްޔާ ފުޓްސަލް ކަޕްގެ ގުރުލުން މިރޭ

މަރަދޫ ގޯދިއްޔާ އިން ބާއްވާ މިއަހަރު ފުޓްސަލް ކަޕްގެ ގުރުލުން މިރޭ ބާއްވާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

ގުރުލުން ކުރިއަށް ދާނީ ގޯދިއްޔާ އޮފީހުގައި މިރޭ 9:00 ގަ އެވެ.

މި އަހަރު ބާއްވާ ގޯދިއްޔާ ފުޓްސަލް ކަޕްގެ 10 ވަނަ މުބާރާތުގައި ވާދަ ކުރާނީ 16 ޓީމެވެ.

މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައި ރޯދަ މަހުގެ ރޭގަނޑު މެޗްތައް ކުޅޭ މުބާރާތް މި ފަހަރު ފަށާނީ މި މަހުގެ 25 ވަނަ ދުވަހުގެ ރެ އެވެ. ކޮންމެ ރެއަކު ދެ މެޗް ކުޅޭ މުބާރާތް ކުރިއަށް ދާނީ ފިތުރު ވިލޭރެއާ ހަމައަށެވެ.

މިޓްސުބިޝީން ސްޕޮންސަކޮށްފައިވާ ގޯދިއްޔާ ފުޓްސަލް ކަޕްގެ މި އަހަރުގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 80،000ރ. އެވެ. ރަނައަޕް ޓީމަށް 30،000ރ. އެވެ.

މި އަހަރު ބާއްވާ މުބާރާތަކީ ގޯދިއްޔާ ފުޓްސަލް ކަޕްގެ 10 ވަނަ މުބާރާތެވެ.

މިދިޔަ އަހަރު ވީބީން ސްޕޮންސަ ކުރި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހިތަދޫ އެފްސީ ބޭރުމަތި އެވެ.

މި މުބާރާތަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ 50،000ރ. އެހީއެއް ވެސް ދީފަ އެވެ.