Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ގޯދިއްޔާ ކަޕް: މުބާރާތް ހުޅުވާނީ ބޭރުމައްޗާއި ޒެފިއާ

މަރަދޫ "ގޯދިއްޔާ ފުޓްސަލް ކަޕް 2018" ހުޅުވާ މެޗްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް ހިތަދޫ އެފްސީ ބޭރުމައްޗާއި ހިތަދޫ އެފްސީ ޒެފިއާ ބައްދަލު ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ފަހަރު ޖުމްލަ 16 ޓީމް ވާދަ ކުރާ މުބާރާތުގެ ގުރުލުން ވެސް ވަނީ ބާއްވައިފަ އެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ރޭގަަނޑު މެޗްތައް ކުޅޭ މުބާރާތް ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރެ އެވެ.

ގްރޫޕް ސްޓޭޖްގައި ޖުމްލަ 24 މެޗް ކުޅޭ އިރު، ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ އެފްސީ ބޭރުމަތި، އެފްސީ ޒެފިއާ، އެސްއެމްޓީ އަދި އެފްސީ ސްކޫޕް ކަންމަތި އެވެ.

ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ޒެލޮން، މަލްޓި ޖީނިއަސް ސިޓީ، އެފްސީ އަފިރިން އަދި ޑީސީ ޖޫނިއާސް އެވެ.

ގްރޫޕް ސީގެ ޓީމްތަކުގެ ގޮތުގައި ފްރެންޑްސް ކުލަބް، ޑީސީ ސްޕޯޓްސް، ލޯނާ އެފްސީ އަދި އެފްސީ ކަނޑިހެރަ ހިމެނޭ އިރު، ގްރޫޕް ޑީގައި ހިމެނެނީ ޔުނައިޓެޑް ފްރެންޑްސް، ކުލަބް ވީއެޗް، 3 ސްޓޯން އަދި ޕަޓާސް އެވެ.

މުބާރާތުގެ ނޮކްއައުޓް ސްޓޭޖަށް ބަލާ އިރު، ކުއާޓާ ފައިނަލް މެޗްތައް ކުރިއަށް ދާނީ ޖޫން މަހުގެ 25-28 އަށެވެ. އަދި ސެމީ ފައިނަލް ކުޅޭނީ ޖޫން މަހުގެ 11 ގަ އެވެ. އަދި ފައިނަލް މެޗް އޮންނާނީ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ރެ އެވެ.

މިޓްސުބިޝީން ސްޕޮންސަކޮށްފައިވާ ގޯދިއްޔާ ފުޓްސަލް ކަޕްގެ މި އަހަރުގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 80،000ރ. އެވެ. ރަނައަޕް ޓީމަށް 30،000ރ. އެވެ.

މި އަހަރު ބާއްވާ މުބާރާތަކީ ގޯދިއްޔާ ފުޓްސަލް ކަޕްގެ 10 ވަނަ މުބާރާތެވެ. މިދިޔަ އަހަރު ވީބީން ސްޕޮންސަ ކުރި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހިތަދޫ އެފްސީ ބޭރުމަތި އެވެ.

މި މުބާރާތަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ 50،000ރ. އެހީއެއް ވެސް ދީފަ އެވެ.