Last Updated: March 29, 06:30
Friday, March 29, 2024
ވިޔަފާރި

ޕެޓްރޯލާއި ޑީސަލްގެ އަގު އަލުން ބޮޑުކޮށްފި

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު އަނެއްކާ ވެސް މިއަދު ބޮޑުކޮށްފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ތެލުގެ އަގަށް އަލުން ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެންނެވެ.

މި ބަދަލާ އެކު މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 41 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ވަނީ ބޮޑުކޮށްފަ އެވެ.

އެހެންވެ ދެން ޑީސަލް ލީޓަރެއް ލިބޭނީ 11.13ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއްގެ ލިބޭނީ 10.77ރ. އަށެެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މީގެ ދެ ހަފުތާ ކުރިންނެވެ.

މިއީ އެސްޓީއޯއިން މި އަހަރުގެ ތެރޭގައި ތެލުގެ އަގަށް ބަދަލު ގެނައި 4 ވަނަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ ވެ.