Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އެޗްއާރްސީއެމުން އިންތިހާބަށް ވޮލަންޓިއަރުން ހޯދަނީ

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވޮލަންޓިޔަރުން ހޯދަން އިއުލާނުކޮށްފި އެވެ.

އެ ކޮމިޝަނުން ބުނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރަން 25 ވޮލަންޓިޔަރުން ބޭނުންވާ ކަމަށެވެ.

މި ކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި 18-55 އަހަރާ ދެމެދުގެ މީހަކަށްވުމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ވެފައިވާ މީހަކަށް ނުވުމާއި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކަށް ނުވުން ހިމެނެ އެވެ. އަދި ރިޔާސީ ކެންޑިޑޭޓުގެ އާއިލާ މެންބަރަކަށް ނުވުމާއި އަތޮޅު ތެރެއަށް ދަތުރުފަތުރު ކުރެވޭނެ މީހަކަށްވުން ހިމެނެ އެވެ.

އެގޮތުން މި މަހުގެ 18 ގެ ކުރިން މިކަމަށް ކުރިމަތިލާން އެޗްއާރްސީއެމުން އެދެ އެވެ. އީމެއިލް މެދުވެރިކޮށް ވެސް އޮބްޒަވާރަކަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.