Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އިތުރު އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

މިއަދު ހަވީރު ހިތަދޫގައި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިރޭ އަނެއްކާ ވެސް މަރަދޫފޭދޫގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން މި އެކްސިޑެންޓް ހިނގާފައި ވަނީ މަރަދޫފޭދު އާއި ފޭދޫ ގުޅޭ ކޯޒްވޭ ދިމާލުގަ އެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ މަރަދޫފޭދޫން ފޭދު އަށް ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް، ކޮންޓްރޯލް ނުވެ ކޯޒްވޭގެ އަރިމަތީގައި ހުރި ތަނބުގައި ޖެހިފަ އެވެ.

މި ހާދިސާ ހިނގި އިރު ސައިކަލް އިނީ ދުއްވަން އިން ފޭދޫ މީހެކެވެ. ސައިަލްގައި އިނީ އެކަންޏެވެ. އޭނާ މިހާރު ވަނީ ފަރުވާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލައިފަ އެވެ.

އެކަމަކު ލިބުނު ގެއްލުމުގެ ތަފުސީލެއް އަދި ނުލިބެ އެވެ. އެކަމަކު ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ މޫނުގެ ކަނާތް ފަރާތުގެ ނިތްކުރި މައްޗާ ދިމާލުން ފަޅައިގެން ގޮސް ގިނަ އަދަދަކަށް ލޭ ފައިބާފައިވެ އެވެ.