Last Updated: March 28, 17:21
Thursday, March 28, 2024
ޚަބަރު

އައްޑޫގައި ފުލުހުންގެ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް

ކުށް މަދު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އައްޑޫގެ އަވަށްތަކުގައި ހޭލުންތެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ފޭދޫ، މަރަދޫފޭދޫ، އަދި މަރަދޫގެ ގެތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމަކީ އައްޑޫގައި ހިނގާ ވައްކަމުގެ މައްސަލަތައް މަދު ކުރުމަށާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ގުޅައި ކޭޝް ކާޑުގެ މަޢުލޫމާތުތައް ހޯދައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން މި ޕްރޮގްރާމުގައި، ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ރައްޔިތުން ސަމާލުކަން ދޭންވީ ކަންކަމާއި ކޭޝް ކާޑުގައިވާ މަޢުލޫމާތުތައް އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށާއި އެފަދަ ކަމެއް ފާހަގަ ކުރެއްވިއްޖެ ނަމަ ޢަމަލު ކުރަންވީ ގޮތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ.