Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ހުޅުމީދޫ ފްލެޓްތަކަށް އަލުން ކުރިމަތިލާން ހުޅުވާލައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ހުޅުމީދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަަކަށް އަލުން ކުރިމަތިލާން ހައުސިން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ހުޅުމީދޫގައި ވަނީ 48 ފްލެޓް އިމާރާތްކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ އަވަށުގައި ޢިމާރާތްކޮށްފައިވާ 48 ފުލެޓުގެ ތެރެއިން 43 ފުލެޓް ދޫކުރުމަށް ތިން ފަހަރެއްގެ މަތިން ކުރެވުނު އިޢުލާނާ ގުޅިގެން ވެސް ޖުމްލަ 25 ފަރާތުން ފުލެޓަށް އެދި ފޯމް ހުށަހަޅުއްވާފައިވާތީ، ކެޓަގަރީ A އަދި ކެޓަގަރީ C ގެ ދަށުން ދޫކުރުމަށް ޖޫން، 19، 2017 ގައި ކޮށްއިޢުލާން ފުލެޓްގެ ޖުމްލަ ޢަދަދު 43 ފުލެޓުން 32 ފުލެޓަށް ބަދަލުކޮށް، ކެޓަގަރީ B ގެ ދަށުން ރިއަލް އެސްޓޭޓް އުޞޫލުން ވިއްކާ ފުލެޓުގެ ޢަދަދު 5-16 އަށް ބަދަލު ކުރުމަށް މި މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކެޓަގަރީ A، C ގެ ދަށުން ދޫކުރެވޭ 32 ފުލެޓަށް އެދި ފޯމު ހުށަހަޅުއްވާފައި ވަނީ 25 ފަރާތުން ކަމަށްވާތީ ބާކީ 7 ފުލެޓަށް އެދި ފޯމް ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލާ ކަމަށް މިނިސްޓްރީން ބުންޏެވެ. މެވެ. މި ފަހަރު މި ދޫކުރާޤ 7 ފުލެޓް ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ކެޓަގަރީ A ގެ ދަށުންނެވެ.

އެގޮތުން، ފުލެޓަށް އެދޭ ފޯމް މި މަހުގެ 5 އިން ފެށިގެން މިނިސްޓްރީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސާވިސަސް ޑިޕާޓްމަންޓްގެ ހުޅުމީދޫ ސެކްޝަނުންނާއި ހައުސިން މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މީގެ އިތުރުން މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން މި ފޯމް ޑައުންލޯޑް ކުރެވޭނެ އެވެ.

ފުލެޓަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5-30 ގެ ނިޔަލަށެވެ.

ސަރުކާރުން ހިތަދޫގައި 264 ފްލެޓް އިމާރާތްކޮށްފައިވެ އެވެ. އެކަމަކު ފްލެޓްތައް އަދި ދުލެއް ނުކުރެ އެވެ.