Last Updated: April 20, 13:37
Saturday, April 20, 2024
ޚަބަރު

ރޯވި ހުޅުމީދޫ ކުނި މެނޭޖް ކުރާ ސެންޓަރު އަލުން ބީލަމަށް

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހުޅުމީދޫ ކުނި މެނެޖް ކުރާ ސެންޓަރު ވަރަށް ބޮޑަށް އަނދާފައިވާތީ އެތަން އަލުން އިމާރާތް ކުރާނެ ބަޔަކު ހޯދަން ބީލަމަށް ލައިފި އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ދަށުން ހިންގާ އެ ސެންޓަރު އަލުން އިމާރާތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.

މިކަމަށް އެދޭ ފޯމް www.environment.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.

މިނިސްޓްރީން ބުނީ ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިނިސްޓްރީގައި ރެޖިސްޓްރީ ވެސް ކުރަން ޖެހޭނެ ކަމަށާއި  ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އަންނަ މަހުގެ 9 ގެ ނިޔަލަށް ކަމަށެވެ.

ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ އެވެ.

މަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 11.00 ގައި އެންވަޔަރަންމަންޓް މިނިސްޓްރީގައި އޮންނާނެ އެވެ.