Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ނިޔާވި އެމްއެންޑީއެފް އޮފިސަރުގެ ހަށިގަނޑު މާލެ ގެނެސްފި

ރާމިޒްގެ ހަށިގަނޑު މާލެ ގެނައުން - ފޮޓޯ: އެމްއެންޑީއެފް

މިއަދުގެ ވަގުތެއްގައި ނިޔާވި އެމްއެންޑީފްގެ ކެޕްޓަން މުޙައްމަދު ރާމިޒްގެ ހަށިގަނޑު މިރޭ މާލެ ގެނެސްފިއެވެ.

ރާމިޒްގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިރޭ 11:45 ހާއިރުއެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ އާސަހަރާ އަށް ގެންގޮސްފައެވެ. ރާމިޒްގެ މޫނު ދެއްކުން އޮންނާނީ މާދަމާ ހެނދުނު 10:30 ފެށިގެން އާސަހަރާގައެވެ.

އެމްއެންޑީއެފް އިން ބުނީ ރާމިޒް ކުއްލިގޮތަކަށް ނިޔާވިއިރު ހުންނެވީ އެމްއެންޑީއެފްގެ ނޮދަން އޭރިޔާ ޕޯސްޓުގައި ކަމަށެވެ.

އެގޮތުން ރާމިޒު މިއަދު ހަވީރު ކުރިއަށްގެންދިޔަ އެކްސަސައިޒްގައި ބައިވެރިވެ، ދުވަމުންދަނިކޮށް ކުއްލިއަކަށް ވެއްޓުމުން ވަގުތުން ނައިފަރުގައި ހުންނަ ޅ.އަތޮޅޫ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ކެޕްޓަން ރާމިޒް ނިޔާވި އިރު އޭނާގެ އުމުރަކީ 48 އަހަރެވެ.