Last Updated: June 17, 14:45
Monday, June 17, 2019
ކުޅިވަރު

ރާމޯސްގެ 100 ވަނަ ލަނޑާއެކު ރެއާލް މޮޅުވެއްޖެ

ސާޖިއޯ ރާމޯސް

ސްޕެނިޝް ކަޕްގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ލެގަނޭސްގެ މައްޗަށް 3-0 އިން ރެއާލް މެޑްރިޑުން ކުރި ހޯދައިފިއެވެ.

ރެއާލް އިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ ފުރަތަމަ ގޯލު އެޓީމަށް ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. މިއީ ރެއާލްގެ ޑިފެންޑަރު، ސާޖިއޯ ރާމޯސް އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 100 ވަނަ ގޯލެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ރެއާލް އިން ނިންމާލިއިރު މެޗުގެ 68 ވަނަ މިނެޓްގައި ލޫކަސް ވަޒްކުއޭޒް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ރެއާލްގެ ތިންވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ 18 އަހަރުގެ ބްރެޒިލް ފޯވާޑް ވިނީޝަސް ޖޫނިޔާއެވެ.

ރޭގެ މެޗުގައި ދާދިފަހުން މެންޗެސްޓަރ ސިޓީން ރެއާލް އަށް ބަދަލުވި ސްޕެއިންގެ އުމުރުން 19 އަހަރުގެ މިޑްފީލްޑަރު ބްރަހިމް ޑިއާޒް ވެސް ކުޅެފައިވެއެވެ. އޭނާ މި މެޗުގައި ކުޅެން އަރާފައިވަނީ ދެވަނަ ހާފްގައެވެ.

ލެގަނޭސް އާއި ރެއާލް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެއެވެ.