Last Updated: April 18, 13:36
Thursday, April 18, 2024
މުނިފޫހިފިލުވުން

"ޗުއްޓީ ނިންމުން މަރޭ އާއި އެކީ" ޝޯ މިރޭ ފޭދޫ ބަނދަރު ސަރަހައްދުގައި

އެމްޑީޕީގެ ފޭދޫ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ އަހުމަދު މަރުޒޫގު (މަރޭ) އިސްނަގައިގެން ބާއްވާ "ޗުއްޓީ ނިންމުން މަރޭ އާއި އެކީ" ޝޯ މިރޭ ފޭދޫ ބަނދަރު ސަރަހައްދުގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ޝޯގައި ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުހައްމަދު އަބްދުލް ޢަނީ އާއި އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މޯލްޑިވިއަން އައިޑޮލް އިން ވިދާލި ދެ ލަވަކިޔުންތެރިން ކަމަށްވާ އިޝާން އާއި ސައިނާގެ އިތުރުން އަޝްރާ ބައިވެރިވާނެ ކަމަށް ޝޯ އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

މި ޝޯ ހުށަހަޅައިދޭނީ ކުރީގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު މޫސާ ވަސީމްއެވެ. މި ޝޯގައި ބައިވެރިވުމަށް މި ހުރިހާ ފަރާތްތަކެއް ރޭގެ ވަގުތެއްގައި ވަނީ އައްޑޫ އަށް އައިސްފައެވެ.

ފޭދޫ ބަނދަރު ސަރަހައްދުގައި އޮންނަ މި ޝޯ ފަށާނީ މިރޭ 9 ޖަހާއިރުއެވެ.

އެމްޑީޕީގެ ފޭދޫ މަޖިލިސް ޕްރައިމަރީގައި މަރޭ އާއި ވާދަކުރައްވަނީ މުހައްމަދު ނިހާދުއެވެ. ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.