Last Updated: June 17, 14:20
Monday, June 17, 2019
ޚަބަރު

ރޭގެ މާރާމާރީއާ ގުޅިގެން ލަންކާ މީހަކު ހައްޔަރުކޮށްފި

އދ. އެއްލައިދޫ ރިސޯޓު

އދ. އެއްލައިދޫ ރިސޯޓްގައި ރޭ ހިންގި މާރާމާރީގައި ސްރީލަންކާ މީހަކު މަރާލި މައްސަލައާ ގުޅިގެން އެ ގައުމުގެ މީހަކު މީހަކު އެ ރިސޯޓުން ހައްޔަރުކޮށްފިއެވެ.

ލަންކާ ދެ މީހުންގެ މެދުގައި ހިނގި އެ މާރާމާރީގައި މަރުވެފައިވަނީ 24 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ 39 އަހަރުގެ ލަންކާ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ބިދޭސީން މާރާމާރީ ހިންގާފައިވަނީ މަސްތުގެ ހާލަތުގައި ތިބެގެންނެވެ. މި މާރާމާރީގައި މަރުވި ލަންކާ މީހާގެ މެއަށް ވަޅިން ހަމަލާދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 21:50 ހާއިރުއެވެ.

މި ހާދިސާ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް މިހާރު ދަނީ އެއްލައިދޫ ރިސޯޓުގައި ހަރަކާތްތެރިވަމުންނެވެ.