Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

އެމްޑީޕީން ޕްރައިމަރީގެ ރީރެޖިސްޓްރޭޝަން މައްސަލަތައް ހައްލުކޮށްފި

އެމްޑީޕީން ބޭއްވި މަޖިލީސް ޕްރައިމަރީ އެއްގައި ވޯޓްލަނީ-

މިއަހަރުގެ އެޕްރީލު މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލާ އެމްޑީޕީގެ މެންބަރުން، ރީރެޖިސްޓަރ ކުރުމަށް ހުޅުވާލުމުން ކުރިމަތިވި މައްސަލަތައް އެމްޑީޕީން މިއަދު ޙައްލުކޮށްފިއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ މެންބަރުން ރީރެޖިސްޓަރ ކުރުމަށް ދާއިރާގެ ރައީސުންނަށާއި ކެންޑިޑޭޓުންނަށް ދޫކުރި ޔޫސަރގެ ތެރެއިން ބައެއް ޔޫސަރއަށް، ނާޖާއިޒުގޮތުގައި ލޮގިންވެ، ވޯޓުލާތަން ބަދަލުކޮށްފައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.

މި މައްސަލައިގައި ހުށަހެޅުނު ޝަކުވާތައް ބަލައި، ގާތްގަނޑަކަށް 2000 މެންބަރުންގެ ރީރެޖިސްޓްރޭޝަން ރަނގަޅު ތަނަށް ބަދަލުކުރެވުނު ކަމަށް އެމްޑީޕީން ބުނެއެވެ.

އަދި އެ މައްސަލަ އެމްޑީޕީގެ ޝަކުވާ ކޮމިޓީން މިހާރު ތަޙްޤީޤު ކުރަމުންދާ ކަމަށްވެސް އެޕާޓީން ބުންޏެވެ.