Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ދެކުނާއި މެދުތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ: މެޓް

މޫސުން ގޯސް ދުވަހެއްގައި ބަރޮސް މޯލްޑިވްސް - ފޮޓޯ: ޓްރިޕް އެޑްވައިޒަރ

ދެކުނާއި މެދުތެރޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.

މިއަދު 10 އަކުން މާދަމާ ހެނދުނު 10 އަކަށް މޫސުން ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ ދެކުނާއި މެދުތެރޭ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި އަދި އުތުރު އަތޮޅުތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށެވެ.

އުތުރާއި އިރުއުތުރުން، މެދުތެރޭ އަތޮޅުތަކަށް ގަޑިއަކު 8 މޭލާ 18 މޭލު ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ކެރިގަނޑު ގައި އާދައިގެ ވަރަކަށް ގަދަވާނެެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.