Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ސްކޫލަށް ނުގޮސް ތިބި ދަރިވަރުން ކުށުގެ ވެށިން ދުރުކުރުމަށް މަޝްވަރާކޮށްފި

ގދ. ފަރެސްމާތޮޑާގައި އެކި ސަބަބުތަކާހެދި ސްކޫލަށް ނުގޮސްތިބޭ ދަރިވަރުން ކުށުގެ ވެށިިން ދުރުކޮށް، އެދަރިވަރުންނަށް ތަޢުލީމު ދިނުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން، މި މަހުގެ 9 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ވަނީ އެކި ސަބަބުތަކާހެދި ސްކޫލަށް ނުގޮސްތިބި ދަރިވަރުން ސްކޫލަށް ނުދާ ސަބަބުތައް ދެނެގަނެ، ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު މިކުދިން ސްކޫލަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، އެފަދަ ކުދިން ކުށުގެ ވެށިން ދުރުހެލި ކުރުވުމަށްޓަކައި ކުރެވިދާނެ ކަންކަމާގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި، އަޕަރ ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ޙުސައިން އާއި ގދ. އަތޮޅު ކޮމާންޑަރާއި ފަރެސްމާތޮޑާ ސްކޫލުގެ އިސްވެރިންނާއި ގދ. ތިނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ އިސްވެރިންނާއި ފަރެސްމާތޮޑާ ރަށު ކައުންސިލް މެމްބަރުންނާއި އެކުދިިންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.