Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ވިލިމާލޭ ސަހަރާގައި އަލުން މީހުން ވަޅުލަން ފަށަނީ

ވިލިމާލެ ސަހަރާގައި އަލުން މީހުން ވަޅުލަން ފަށަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ވިލިމާލޭ ސަހަރާގައި ދެއަހަރާ ބައިވަންދެން މީހުން ވަޅުލުން ހުއްޓައިލާފައިވަނިކޮށް މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުމާއެކު ވިލިނގިލީ ހެޔޮއެދޭ ފަރާތްތަކުން ސަހަރާ ސާފުކޮށްފައިވާ ކަމަށެވެ.

ވިލިމާލޭ ސަހަރާގައި އަލުން މީހުން ވަޅުލަން ސިޓީ ކައުންސިލުން ނިންމާފައިވާއިރު ދާދިފަހުން ސަރުކާރުން ވަނީ މިސްކިތްތަކާއި ގަބުރުސްތާނުތައް އަދި މޯޗަރީތަކުގެ މަސައްކަތްތައް މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކުރިން ހުރި މިސްކިތްތަކާއި ގަބުރުސްތާނުތައް އަދި މޯޗަރީތަކުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާއި ހަވާލު ކުރީ ލާމަރުކަޒީ ނިޒާމުގެ ގާނޫނުގައިވާ ގޮތުގެ މަތިންނެވެ.