Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

މާލޭ މަގުތަކުގައި ބަހައްޓާފައި ހުރި ޕެލެޓުތައް ނަގަން ފަށައިފި

މާލޭ މަގުތަކުގައި ބަހައްޓާފައި ހުރި ޕެލެޓުތައް މާލޭ ސިޓީ ކައުންސިލުން ނަގަން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނީ ޕެލެޓުތައް ނެގުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނު ކަމަށާއި މި މަސައްކަތް ކުރަމުންދަނީ ފުލުހުންނާއި ގުޅިގެން ކަމަށެވެ.

ޕެލެޓުތައް މަގުތަކުގައި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށާއި ނަގަނީ ޕާކިން ޒޯންތައް އަލުން ރީޑިޒައިން ކުރުމަށް ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭގެ މަގުތަކުގައި އާންމުންނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައި ހުންނަ ޕެލެޓުތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައި ވަނީ ޕެލެޓެއްގައި ތާށިވެ އަންހެނެއްގެ ފައި މިދިޔަ ހަފްތާގައި ބިންދައިގެން ގޮސްފައި ވަނިކޮށެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އުމުރުން 69 އަހަރުގެ އަންހެނެއްގެ ފައިވެސް ޕެލެޓުތެރޭގައި ތާށިވެ ވަނީ އަނިޔާތަކެއް ލިބިގެން ގޮސްފައެވެ.