Last Updated: March 29, 06:12
Friday, March 29, 2024
ޚަބަރު

އިންޑިއަން ކޯސްޓްގާޑް ޝިޕް "ސަމަރްތް" ރާއްޖެ އަތުވެއްޖެ

އިންޑިއަން ކޯސްޓްގާޑް ޝިޕް (އައިސީޖީއެސް) "ސަމަރްތް" މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ އައިސީޖީއެސް ސަމަރްތް ރާއްޖެއަށް ކުރާ މި ދަތުރުގައި، މިމަހު 13 އިން 17 އަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕެޓްރޯލަކީ، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މި ޕެޓްރޯލްތައް ފެށިފައިވަނީ 2009 ވަނަ އަހަރުއެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މި ސަވައިލަންސް ޕެޓްރޯލް ނިންމާލުމަށްފަހު އައިސީޖީއެސް "ސަމަރްތް" ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.