Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ބިޔަރު ދަޅުތަކަކާއެކު ދެމީހަކު ގުރައިދޫން ހައްޔަރުކޮށްފި

ގުރައިދޫގައި ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ ބިޔަރު ދަޅުތައް --

ބިޔަރު ދަޅުތަކަކާއެކު ދެމީހަކު ކ. ގުރައިދޫން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ގުރައިދޫއަށް ބިޔަރު ދަޅުތަކެއް އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ 02:00 ހާއިރު ގުރައިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަޙައްދުންނެވެ.

މިދެމީހުން އައި ޑިންގީ ގުރައިދޫ ބަނދަރަކަށް ކައިރިކުރުމުން އެދެމީހުން ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތްކުރި ވަގުތު އެމީހުންވަނީ މޫދަށް އެއްޗެހިތަކެއް އުކާލި ކަމަށާއި އަދި އެމީހުންގެ ހާޒިރުގައި އެތަކެތި ނަގައި ބެލިއިރު 14 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގާ ހައްޔަރުކުރެވުުނު މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުކުރުމަށް ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.