Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ރައީސް ސޯލިހު ލ. އަތޮޅަށް ވަޑައިގަންނަވަނީ

ރައީސް ސޯލިހް ފްލައިޓުން އެރިވަޑައިގަންނަވަނީ: ފޮޓޯ -ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުކުރު ދުވަހު ލ. އަތޮޅަށް ވަަޑައިގަތުމަށް ނިންމައިފިއެވެ.

ރައީސް ސޯލިހު ލ. އަތޮޅަށް ވަޑައިގަންނަވަނީ ޓޯޓަލް ފިޓްނަސް ގުރޫޕު (ޓީއެފްޖީ) އިން ހުކުރު ދުވަހު ލ. އަތޮޅުގައި ބޭއްވުމަށް ނިންމާފައިވާ ދުވުމުގެ ހަރަކާތް، "ލ.ރަން" ގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އެ ދުވުން އޮންނާނީ ހޮނިހިރު ދުވަހު ލާމު ލިންކް ރޯޑުގައެވެ.

ޓީއެފްޖީން އަންނަނީ 2017 ވަނަ އަހަރުން ފެށިގެން ލ. ރަން ގެ ނަމުގައި މި ދުވުން ބާއްވަމުންނެވެ.

މިއީ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެން ފަހުން ރައީސް ސޯލިހު ލ.އަތޮޅަށް އަތޮޅަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.