Last Updated: April 24, 18:14
Wednesday, April 24, 2024
ޚަބަރު

އެންވަޔަރަމެންޓް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އަޖުވަދު

އެންވަޔަރަމެންޓް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ އެ މަގާމަށް ހަމަޖައްސާފައިވަނީ އެ މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ކުރިން ވެސް ހުންނެވި އަޖުވަދު މުސްތަފާ ކަމަށެވެ. އެ މަގާމަށް އަޖުވަދު އަލުން ހަމަޖެއްސީ މިނިސްޓްރީގެ ނަމަށް އައި ބަދަލަކާ ގުޅިގެންނެވެ.

އަޖުވަދު މި މަގާމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ 2014 ވަނަ އަހަރުއެވެ.

އޭގެކުރިން އޭނާ ހުންނެވީ މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް، ރެގިއުލޭޓަރީ އެންފޯސްމަންޓްގެ މަގާމުގަައެވެ.