Last Updated: April 23, 13:19
Tuesday, April 23, 2024
ޚަބަރު

ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކުގެ ހިދުމަތް މެދުކަނޑާލައިފި

ވިލިމާލޭގައި ހުޅުވި ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ އެތަން މިމަހުގެ 17 އިން ފެށިގެން 24 އަށް ބަންދުވާނެ ކަމަށެވެ.

އެތަނުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމީ އެތަނުގައި މަސައްކަތްކުރާ ޑޮކްޓަރު އާއިލީ ޒިންމާގެ ޗުއްޓީއެއްގައި ރަށަށް ދާން ޖެހުމުން ކަމަށާއި އެތަން ދެން އަލުން ހުޅުވޭނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މި ކްލިނިކު ހުޅުވާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުއެވެ.

ޕެޓްގެ ގޮތުގައި އޮޅުކޮށްގެން ގޭތެރޭގައި ދިރޭ ޖަނަވާރު ގެންގުޅުމަކީ ވަރަށް ހަލުވި ދުވެއްޔެއްގައި ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ކުރިއަރަމުން އަންނަ މަސައްކަތެކެވެ.

މިގޮތުން، ޕެޓްގެ ގޮތުގައި ބުޅާ، ދޫނި ފަދަ ދިރޭ ޖަނަވާރު ގެންގުޅުމަކީ ރާއްޖޭގައިވެސް ގިނަ ޢަދަދެއްގެ ޒުވާނުން ޝައުޤުވެރި ކަމާއެކު ކުރަމުން އަންނަ، އަދި ހަލުވި ކަމާއެކު ފުޅާވަމުންދާ މަސައްކަތަކަށްވާތީ، މިފަދަ ޖަނަވާރަށް ކުރިމަތިވާ ޞިއްޙީ ބައެއް މައްސަލަތައް ޙައްލުކޮށް ދިނުމަށްޓަކައި ޖަނަވާރު ގެންގުޅޭ ފަރާތްތަކުގެ އެދުމުގެ މަތިން ފިޝަރީޒް މިނިސްޓްރީގައި މަސައްކަތްކުރާ ވެޓެރިނޭރިއަން މެދުވެރިކޮށް މޯބައިލް ވެޓެރިނަރީ ސާވިސްގެ ނަމުގައި ޕެޓް ޖަނަވާރު ގެންގުޅޭ ގޭގެއަށް ގޮސް ފަރުވާދެމުން ގެންދާތާ އަހަރުތަކެއް ވަނީ ވެގެން ގޮސްފައެވެ.

ނަމަވެސް އެފަދަ ޖަނާވާރުތަކަށް ފަރުވާ ދިނުމުގައި ގޭގެއަށް ގޮސް ސާޖަރީތައް ހެދުމަކީ، ޞިއްޙީ މިންގަނޑުތަކަށް ނުފެތޭ ކަމަކަށްވާތީ، ގޭގޭގައި މިކަން ކުރެވެން ނޯންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.