Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

މައުމޫންގެ އާ ޕާޓީ އުފައްދަން ހުއްދަ ދީފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމެންޓު (އެމްއާރްއެމް) އުފެއްދުމުގެ ހުއްދަ މިއަދު ދީފިއެވެ.

މި ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން އާއެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

އާ ޕާޓީއެއް އުފެއްދުމަށް މައުމޫން ނިންމެވީ އެމަނިކުފާނު މީގެކުރިން އުފެއްދެވި ޕީޕީއެމް އަލުން އަނބުރާ ލިބޭނެ ކަމުގެ އުއްމީދު ކުޑަވުމާ ގުޅިގެންނެވެ. ޕީޕީއެމްގެ އިސްވެރިއެއްގެ ގޮތުގައި މިހާރު ހުންނެވީ ކުރީގެ ރައީސް އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންއެވެ.

އެމްއާރްއެމް އަކީ މައުމޫން އުފައްދަވާ ތިންވަނަ ޕާޓީއެވެ. މީގެކުރިން މައުމޫން ވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި ޕީޕީއެމް އުފައްދަވާފައެވެ.