Last Updated: April 19, 11:14
Friday, April 19, 2024
ވިޔަފާރި

އެސްޓީއޯގެ ބައެއް ސަބްސިޑަރީ ކުންފުނިތަކުގެ މަސައްކަތް ހުއްޓާލަނީ

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

އެސްޓީއޯގެ ބައެއް ސަބްސިޑަރީ ކުންފުނިތަކުގެ މަސައްކަތް ހުއްޓާލުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތައް ކަމުގައިވާ މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ ލޓޑ އަދި، އެސްޓީއޯ ހޮޓަލްސް އެންޑް ރިސޯޓްސް ޕވޓ ލޓޑ. އުވާލުމަށާއި، އެސްޓީއޯ މޯލްޑިވްސް (ސިންގަޕޫރު) ޕޓއ ގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް ނުވަތަ، ޑޯމަންޓްކުރުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާތީ، އެކަން ކުންފުނީގެ ޙިއްޞާދާރުންނާއި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކާ ދަންނަވާ ކަމަށެވެ.

"ޑިރެކްޓަރުންގެ ބޯޑުން މި ނިންމެވުން ނިންމެވުމާއެކު، މި ކުންފުނިތަކުގެ މަސައްކަތް ހުއްޓާލުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން މިހާރު ދަނީ ކުރެވެމުންނެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ޑިރެކްޓަރުންގެ ބޯޑުން މި ނިންމުން ނިންމަވާފައިވަނީ ސަބްސިޑަރީތަކުގެ ޕަރފޯމަންސާ ބެހޭގޮތުން ހެދި ދިރާސާތަކުން ދައްކާގޮތުން، މި ކުންފުނިތަކަށް ކޮށްފައިވާ އިންވެސްޓްމަންޓާއި އެއްވަރުގެ ފައިދާއެއް މި ކުންފުނިތަކަށް ލިބިގެން ނުދާތީ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.